ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަނިމާދޫ ބިމުގެ މައްސަލައަށް ހައްލު ހޯދައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް އެރަށުން ބޮޑު ބިމެއް އެކަމަށް ހާއްސަ ކުރާތީ އުފެދުނު ހިޔާލުތަފާތުވުން ތަކަށް ހައްލު ހޯދައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ހަނިމާދޫ އަށް ވަޑައިގެން އެރަށު ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ހަނިމާދޫ ބިމުގެ މައްސަލަ ހައްލުކުރަން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ.

މި ބައްދަލުވުމުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައްޔިތުން ވަނީ ހިއްސާކޮށްފަ އެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމަށްފަހު އެއާޕޯޓު ތަރައްގީކުރަން ބިން ކަނޑައަޅާފައިވާ ގޮތަށް ބައެއް ބަދަލު ގެނެސް ރައީސް ސޯލިހު ވަނީ އެމައްސަލައަށް ހައްލު ހޯއްދަވައިދެއްވާފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވަނީ ވިދާޅުވެފަ އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ސަރުކާރުން ކަނޑައަޅާފައި ވަނީ 853،937 އަކަފޫޓްގެ ބިމެކެވެ. އެންމެ މުހިންމު ކަމަކަށް ބިން ބޭނުން ވަނީ ރަންވޭ ބޮޑު ކުރަން ކަމަށް ސަރުކާރުން ބުނެ އެވެ. ފުރަތަމަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރަން ނިންމާފައިވަނީ 2460 މީޓަރަށެވެ.

އެއަށްފަހު މީގެ 10 ވަރަކަށް އަހަރު ފަހުން އެތަން އިތުރަށް ބޮޑު ކުރަން ޕްލޭން ކޮށްފައިވާ ކަމަށާއި ނަމަވެސް ކައުންސިލުން އެ ބިން ދޭން ބޭނުން ނުވެއްޖެނަމަ އެއާޕޯޓު އެހެން ތަނަކަށް ބަދަލު ކުރަން ޖެހޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. މުސްތަގުބަލަށް ވިސްނާއިރު އެ ބިން ދުރާލާ ހޯދާފައި ބޭއްވުން މުހިއްމު ކަމަށް ވެސް ސަރުކާރުން ދެކެ އެވެ. ނަމަވެސް އެވަރުގެ ބޮޑު ބިމެއް ދޭން ރައްޔިތުންނާއި ކައުންސިލުން މީގެކުރިން ދިޔައީ ދެކޮޅު ހަދަމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އޮޅާލީތޭ

ހަނިމާދޫ އެއާރޕޯރޓް ތަރައްގީ ކުރުމަށް ޓަކައި ތިޔާ ބުނާ އިންޑިއާގެ އެގްޒިމް ބޭންކްއިން ތައްޔާރުކޮށްފައިވާ އެޕްރެއިސަލް ރިޕޯރޓް ކޮބާތޭ ދެން އިންޑިއާގެ އޭވިއޭޝަން އޮތޯރިޓީން މުންޑު ގަނޑެއް އަނދެގެން ހުރި މީހަކު އައިސް ފޫޓް ފީތާ ގަނޑެއް އަޅާ އޭނާ ދިޔަ ފަހުން 800 މިލިއަން ޑޮލަރުގެ ލޯނެއް އެގްޒިމް ބޭންކް އިން ހަނިމާދޫ އެއާރޕޯރޓް ތަރައްގީ ކުރަން ނަގާއިރު ފަޅުން އެންމެ ތަންކޮޅެއް ވެސް ނުހިއްކާ ތިކް ވެޖިޓޭޝަން ގައި ހުރި ރުއްގަސް ތައް ކަނޑާ ނަގާ އެއްލާލަނީ ތަމެން އީއައިއޭ ވެސް ނަހަދާ ދޯ ތިޔާ އެއާރޕޯރޓް ތިޔާ ހަދަނީ ތަމެން އީއައިއޭ ވެސް އޮޅާލީތޭ..

ޤާދިރު

މައްސަލަ ހައްލު ކުރީއޭ ބުނެ މިއައީ ބިން ނުދީފިނަމަ އެއަރޕޯޓު އެހެންތަނަކަށް ބަދަލުކުރާނީއޭ ބުނެ ބިރު ދައްކާފައި ބިން ނުދިނަސް އެހެން ތަނަކަށް އެއަރޕޯޓު ބަދަލު ކުރާކަށް ނުކެރޭނެ ސަބަބަކީ އެވަރު ޚަރަދެއް ކުރުމުގެ ޤާބިލްކަމެއް މި ވެރިކަމުގައިނެތުން ހަމަ ބިރު ދައްކަނީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910