ދުނިޔެ

ތުރުކީން ދޫކުރި ވެލައެއް 300 ދުވަހަށް ފަހު ޓިއުނީޝިއާއަށް

ތުރުކީން ދޫކޮށްލި ވެލައެއް 300 ދުވަހަށް ފަހު ޓިއުނީޝީއާ ގޮނޑުދޮށަށް
0%
0%
0%

ތުރުކީ ސައިންސްވެރިން ޓްރެކިން ޑިވައިސް ހަރުކޮށް ފޮނުވާލި ވެލައެއް މެޑިޓަރޭނިއަން މެޑިޓަރޭނިއަން ހުރަސްކޮށް އެފްރިކާ ބައްރުގެ ޓިއުނީޝިއާއަށް ގޮސްފި އެވެ. ސައިންސްވެރިން ބުނީ އެ ވެލާ 3،000 ކިލޯމީޓަރު ކަޑައްތުކޮށް ޓިއުނީޝިއާއަށް ފޯރާފައި ވަނީ ގާތްގަނޑަކަށް 300 ދުވަހުން ކަމަށެވެ.

ތުރުކީގެ މިނިސްޓްރީ އޮފް އެންވަޔަންމެންޓް އެންޑް އާބަނައިޒޭޝަންއިން ވެލާ މޮނީޓާ ކުރަން ހިންގާ ޕްރޮގްރާމެއްގައި އަށް ވެލައެއް ވަނީ ދޫކޮށްލާފަ އެވެ. އެއިން ކޮންމެ ވެލައެއްގައި ޓްރެކިން ޑިވަސް ރަހުކޮށް އެ ސޮރުމެން ދަތުރުކުރާ މަގު ދެނެގަނެވޭ ގޮތް ވެސް ވަނީ ހަދާފަ އެވެ.

އިދާރާތަކުން ބުނާ ގޮތުން ވެލާތައް ނިސްބަތް ކުރެވޭ އެކި ވައްތަރުތައް ދެނެގަނެ ދިރުން ހިމާޔަތްކުރަން ތުރުކީ ސައިންސްވެރިން މަސައްކަތް ކުރަމުން އަންނަތާ 30 އަހަރު ވެއްޖެ އެވެ. ސައިންސްވެރިން ހިންގާ ޕްރޮގްރާމްގައި އިންސާނުންނަ އެންމެ އޮޅު ވެލާގެ ވައްތަރުތައް ލިސްޓް ކޮށްފައި ހުރި ކަމަށް ވެސް ވެއެވެ.

ތުރުކީން ދޫކޮށްލި ވެލާ ޓިއުނީޝިއާއަށް ދަތުރުކުރި ސެޓެލައިޓް މަގު

މޫސުމީ ބަދަލުތަކާ ގުޅިގެން ވެލާ ދަތުރުކޮށް އުޅޭ ގޮތާއި ބިސް އަޅަން ޝައުގުވެރިވާ ގޮނޑުދޮށްތައް ފަދަ ވެލަޔާ އުޅެން ލޯބިކުރާ ސަރަހައްދުތައް ވެސް ސައިންސްވެރިން ވަނީ ދެނެގަނެފަ އެވެ. އެންވަޔަންމެޓް މިނިސްޓްރީ ބުނީ ތުރުކީގައި އެކި ވައްތަރުގެ ވެލާ ވިއްސާ ކަމަށާއި އަމިއްލައަށް އުޅެވޭ ވަރުވުމުން ކަނޑަށް ދޫކޮށްލާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910