ދުނިޔެ

އިންޑޮނީޝިއާއާ އެކު ތުރުކީ ދެމިއޮންނާނެ: އުރުދުޣާން

ތުރުކީގެ ރައީސް އުރުދުޣާން (ކަނާތުގައި) އަދި އިންޑޮނީގެ ރައީސް ސުބިއާންތޯ -- ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރައްވަނީ
0%
0%
0%

ބައިނަލްއަގްވާމީ މުޖުތަމައުގައި ތުރުކީއަށް ހެޔޮބަސް ވިދާޅުވެ، އިންޑޮނީޝިއާގެ ރައީސް ޕްރަބޮވޯ ސުބިއާތޯ ކުރައްވާ ތައުރީފަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އިންޑޮނީޝިއާއަށް ފެބުރުއަރީގައި އުރުދުޣާން ކުރެއްވި ދަތުރުގައި، އެ ގައުމުގެ އޮފިޝަލުން އޭނާއަށް ކުރެއްވި އިހުތިރާމާއި ބެހެއްޓެވި ގާތް ކަމަށްވެސް ތުރުކީގެ ރައީސް ޝުކުރުއަދާކުރެއްވި އެވެ.

ރައީސް ޕްރަބޮވޯ ސުބިއާތޯ މިހާރު އުޅުއްވަނީ ރަަސްމީ ދަތުރެއްގައި ތުރުކީގަ އެވެ. މި ދަތުރުގައި، ދެ ގައުމުގެ ދެމެދުގައި ވަރަށް މުހިންމު ތިން އެއްބަސްވުމެއްގައި ވެސް ދެ ރައީސުން ސޮއިކުރެއްވި އެވެ.

އެއީ މީޑިއާ، ސަގާފީ އަދި ކާރިސާތަކުން ސަމާމަތްވުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމެވެ.

ދެ ރައީސުން ނޫސްވެރިނާ އެކު ބޭއްވި ބައްދަލުވުމެއްގައި، އިންޑޮނީޝިއާގެ ރައީސަށް ތައުރީފުކުރައްވައި އުރުދުޣާން ވާހަކަދެއްކެވި އެވެ. އަދި ދެ ގައުމުގެ މަސްލަހަތު އޮތް ހުރިހާ ކަމެއްގައި، އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ފަލަސްތީން އަކީ އިސްލާމީ މުޖުތަމައުގެ ބައެއް ކަމަށް ވިދާޅުވެ އުރުދުޣާން ވިދާޅުވީ އިންޑޮނީޝިއާއާ ގުޅިގެން ފަލަސްތީނަށް އެހީވުމުގައި ތުރުކީ ދެމިއޮންނާނެ ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވާ މީހުން އިންޑޮނީޝިއާއަށް ފޮނުވުމުގައި ތުރުކީ އެއްބާލުން ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ތުރުކީގެ ރިސޯޓު ސިޓީ، އަންޓާލިޔާގައި މި މަހު 11 – 13 އަށް އޮންނަ އަންޓާލިޔާ ޑިޕްލޮމަސީ ފޯރަމްގައި އިންޑޮނީޝިއާގެ ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އުރުދުޣާން ވިދާޅުވި އެވެ.

މި ފޯރަމްގައި ދުނިޔެއަށް ހުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލައި ބައިވެރިން ބަހުސްކުރާނެ އެވެ. އޭގެ ތެރޭގައި ފަލަސްތީން، ޣައްޒާ، ޔުކްރޭން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޓެރިފް ސިޔާސަތަށް ވެސް ބަހުސްކުރާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910