ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާއިން ބައި މިލިއަން މީހުން ސޮއިކޮށް ޑަބްލިޔުއެޗްއޯއަށް ސިޓީއެއް

ޗައިނާއިން ބުނަނީ ވުހާން ލެބޯޓަރީ ބަލައި ފާސްކުރި ފަދައިން އެމެރިކާގެ ލެބޯޓަރީ ވެސް ބެލެން ޖެހޭ ކަމަށް
0%
0%
0%

އެމެރިކާގެ ފޯޓް ޑިސްޓްރިކްގައި ހުންނަ ޔޫއެސް އާމީ މެޑިކަލް ރިސާޗް އިންސްޓިޓިއުޓް އޮފް ޑިސީޒަސް ވަރަށް ކުއްލި ގޮތަކަށް 2019 ގައި ބަންދުކުރި އެވެ. އެއީ ޔޫއެސް ސެންޓާސް ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބަލައި ފާސްކޮށް އެންގި އެންގުމަކާ ގުޅިގެންނެވެ.

ޔޫއެސް އާމީ މެޑިކަލް ރިސާޗް އިންސްޓިޓިއުޓަކީ ބާރު ގަދަ ބަޔޯމެޑިކަލް ލެބޯޓަރީ އެކެވެ. އެތަނުގައި ދުނިޔޭގައި ލެއްވިހާ މަސައްކަތެއް ކުރެ އެވެ. ބޭސްވެރިކަމާއި ދުނިޔޭގައި އުފެދުނުހައި ބަލިމަޑުކަމަކާބެހޭ ގޮތުން ދިރާސާކޮށް ފައްނީ ކުޅަދާނަކަން ގާއިމު ކުރެ އެވެ. މުއާސަލާތީ އަދި އަސްކަރީ ގާބިލްކަން ތަރައްގީ ކުރުމަށް ވެސް އެތަނުގައި އުކުޅުތައް ރާވަ އެވެ.

ސީޑީސީން އެންގި އެންގުމަކާ ގުޅިގެން ލެބޯޓަރީ ބަންދު ކުރަން ޖެހުނީ ރިސާޗް އިންސްޓިޓިއުޓްގައި ކުރެވެމުންދިއަ މަސައްކަތަކާ ގުޅިގެން ކަމަށް އޮތީ ބުނެފަ އެވެ. އެއީ ފެން ހިންދާ ނިޒާމު ފުޅާކޮށް ފެންފަހި ކުރަން ކުރި މަސައްކަތްތަކެއް ކަމަށް ބުންޏެވެ.

ޗައިނާއިން ބުނަނީ ޔޫއެސް އާމީ މެޑިކަލް ރިސާޗް އިންސްޓިޓިއުޓް އޮފް ޑިސީޒަސް އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައި ފާސް ކުރަން ޖެހޭ ލެބޯޓާރީއެއް ކަމަށެވެ. ޗައިނާއިން ކޮވިޑް ފެނުމުގެ ކުރިި އެތަނުގައި ކޮވިޑް އުޅުނު ކަމަށް ޗައިނާއިން ބުނެ އެވެ.

މިއީ އެ ލެބޯޓަރީ ޓެސްޓް ކުރަން ޗައިނާއިން ގޮވާލި ފުރަތަމަ ފަހަރެއް ނޫނެވެ. ޗައިނާއިން މި ކަމަށް އެދި ޑަބްލިޔުއެޗްއޯއަށް މީގެ ކުރިން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި މަތީ ފަންތީގެ އޮފިޝަލުންނާ މަޝްވަރާ ކުރުމުގެ ތެރެއިން ވެސް މި ލެބޯޓަރީގައި ހުރި މައްސަލަތައް ހާމަ ކޮށްފައި ވެއެވެ.

ޗައިނާއިން ބުނަނީ ވުހާން ލެބޯޓަރީ ބަލާފާސްކުރި ފަދައިން އެމެރިކާގެ ލެބޯޓަރީ ވެސް ބެލެން ޖެހޭ ކަމަށް

ޗައިނާއިން ބައި މިލިއަން މީހުން ސޮއިކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ހުށަހެޅި ސިޓީއެއްގައި ބުނަނީ ކޮވިޑް ފެތުރިގަތީ އެ ލެބޯޓަރީގައި ކަމަށް ބެލެވޭ ބާރުގަދަ ހެކިތަކެއް އެމެރިކާއިން ހިފަހައްޓާފައި ހުރި ކަމަށާއި އެއީ ސިއްރެއް ކަމަށް އެމެރިކާއިން ބުނާ ކަމަށެވެ. އަދި އެކަން ހާމަ ކުރުމަކީ އެމެރިކާގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް އެމެރިކާއިން ބުނާ ކަމަށެވެ.

ޗައިނާއިން ބުނީ ކޮވިޑް ފެތުރިގަތީ ވުހާންގައި ކަމަށް ބުނެވޭތީ ލެބޯޓަރީތައް ބަލައި ފާސްކުރަން ހުޅަނގުގެ ސައިންސްވެރިންނަށް އެ ގައުމުން ފުރުސަތު ދިން ކަމަށާއި އެމެރިކާއާ މެދު ކުރެވޭ ޝައްކުތައް ހޯދައި ބެލުމަށް އެހެން ބަޔަކަށް ފުރުސަތު ނުދޭ ކަމަށެވެ.

މިއަހަރު ޖެނުއަރީގައި ބައިނަލްއަގުވާނީ ތަޖުރިބާކާރުންގެ ޓީމެއް ޗައިނާގެ ވުހާނަށް ދިއަ އެވެ. އެއީ ޑަބްލިޔުއެޗްއޯއިން ރާވައި ކޮވިޑް ފެތުރުނު ގޮތް ބެލުމަށް ހިންގި ޕްރޮގްރާމެއްގަ އެވެ.

ސައިންސްވެރިންގެ ޓީމުން މުޅި ތަން ހޯދާ ބަލައި ފާސްކޮށް ރިޕޯޓެއް އެކުލަވާލި އެވެ. އޭގައި ބުނެފައި އޮތީ ވުޔާން ލެބޯޓަރީން ވައިރަހެއް ލީކުވުމަކީ ނާދިރު ކަމެއް ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހީހީހީ

އަމިއްލަ އެދުމާއިޖެހުނީމަ ކޮންމެފަދަކަމެއްްނުކުރާނެބަޔަކު މަދުވާނެ. ޚާއްޞަކޮށް ސިޔާސީމީހުން. ތިކަމާއިމެދު ދުރުމީއަޅައިލީމަ ފެންނަނީ ތިކަމަކީ އެތަކެއްދުވަހުގެ ރޭވުމާއިއެކު ދެމުއް ލައްޕައިލުމުން ގުނޭއަދަދެއްގެ ފަރާތްތަކެއްގެ މަންފާއަށްރޭވި، އެއްބަސްވެވިގެން ކޮށްފައިވާ ކަމެއްކަމެވެ. ތިކަމުގަޔާއި ތިކިޔާ ޑަބުލިޔޫ އެޗް އޯގެތެރޭގައި ގަޑުބަޑުއުޅޭކަމާއި، ނަހަމައިން ކަންތައްކުރާކަން ދުނިޔޭގެ ހުރިހައި ލީޑަރުންވެސް ޤަބޫލުކުރެއެވެ. އަދި އެކަންބަލަން ކޮމެޓީއެއްހޮވިއެވެ. އަހަރަށްވުރެ ދިގުމުއްދަތެއްވެދިޔައިރުވެސް ޑަބުލިޔޫ އެޗް އޯގައި އެތިބީ ހަމައެވެރިންނެވެ. ކުރަންހަވާލުކުރިކަންތައް ކޮށްނިމުނުކަމުގެ އެއްވެސް ޚަބަރެއް ނުވެއެވެ. އެލީޑަރުންތައް ދުނިޔޭގެ ރައްޔިތުންގެލޮލުގައި އަނދުންއަޅުވާފަ އެތިބަ އުޅުއްވަނީއެވެ. އެކަންކުރަން އެންމެ އަޑުއެރުވި ޑޮނަލްޑު ޓުރަންޕު އެހެރީ ދުރުކޮށްފައެވެ. ތިސިޓީ ތައްޔާރުކުރާމީހުންނަކީ އެޤައުމުގެ ލީޑަރުންބޭނުންވާ ކޮންމެކަމެއްކުރަންތިބޭ ބައެކެވެ. ބުނިކަމެއް ކުރާނެއެވެ. ހަލާކުހުރި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345