ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާއިން 50 މިލިއަން ވެކްސިން މެދުތެރޭ އޭޝިއާއަށް

ޗައިނާގެ ރައީސް ޝި ޖިންޕިން: މެދުތެރޭ އޭޝިއާގައި ވިޔަފާރި ހަރުދަނާ ކުރައްވާނެ
0%
0%
0%

މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ޗައިނާއިން 50 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށް ދެއްވާނެ ކަމަށް ޝީ ޖިންޕިން ވިދާޅުވި ކަމަށް ގްލޯބަލް ޓައިމްސް ބުނެފި އެވެ.

ޗައިނާ އާއި ކަޒަކިސްތާން، ކްރިގިސްތާނާއި ތަޖިކިސްތާން، ތުރުކްމެނިސްތާން އަދި އުޒްބެކިސްތާނާއެކު އޮންނަ ޑިޕްލޮމިޓިކް ގުޅުމަށް 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ވާޗުއަލްކޮށް ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ޝީ ޖިންޕިން ވާހަކަފުޅު ދެއްކެވި ކަަމަށް ވެސް ގްލޯބަލް ޓައިމްސްއިން ވަނީ ބުނެފަ އެވެ.

ރައީސް ޝީ ޖިންޕިންއާ ހަވާލާދީ ގްލޯބަލް ޓައިމްސްގައި ބުނެފައިވާ ގޮތުން، ގައުމުތަކަށް ޗައިނާއިން ފޯރުކޮށްދޭ އެހީތެރިކަން އޮންނަނީ އެ ގައުމަކުން އެދޭ ގޮތަކަށެވެ. އެއީ ކޮންމެހެން ޗައިނާއަށް ކަމުދާ ގޮތަކަށް ވާކަށް ނުޖެހެ އެވެ.

ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް އެ ގައުމަކުން އަޅާފައި އޮންނަ އުސޫލުތައް ބަދަލު ކުރަން ޗައިނާ ނުވިސްނާނެ ކަމަށް ވެސް ނޫހުގައި ބުނެފައިވެ އެވެ.

ޗައިނާ ފޯރުކޮށްދޭ އެހީތެރި ކަމަށް ސިޔާސީ ގޮތުން އެއްވެސް ފައިދާއެއް ބޭނުން ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭގެ ބަދަލުގައި ގައުމުތައް ގުޅިގެން ވިޔަފާރިން މަންފާ ހޯދަން މަަސައްކަތް ކުރަން ޝީ އެދިވަޑައިގެންނެވި ކަމަށް ގްލޯބަލް ޓައިމްސް ބުނެ އެވެ.

މެދުތެރޭ އޭޝިއާގެ ގައުމުތަކާ އެކު ޗައިނާއިން ވިޔަފާރި ހަރުދަނާ ކުރާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އުންމީދަކީ ވިޔަފާރި ނިސްބަތް 2030 އައުމުގެ ކުރިން 70 ބިލިއަން ޑޮލަރަށް އެރުވުން ކަމަށް ވެސް ޗައިނާ ބުނެ އެވެ.

ޗައިނާ ފޮރިން މިނިސްޓްރީ ބުނާ ގޮތުން ކޮވިޑަށް ވެކްސިން އުފައްދައި 100 އަށް ވުރެ ގިނަ ގައުމަށް ހަދިޔާ ކޮށްފައި ވާނެ އެވެ. އަދި ކޮވިޑްގައި ބޭނުން ޖެހޭ ގައުމުތަކަށް ވެކްސިން އެ ގައުމަކުން އެދޭ ނިސްބަތުން ފޯރުކޮށް ދިނުމުގައި ޗައިނާ ދެމި އޮންނާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345