ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާގައި 12.5 މިލިއަން މީހުން ހަގަޑިއިރުން ކޮވިޑަށް ޓެސްޓްކޮށްފި

ކޮވިޑަށް ޓެސްޓް ކުރުން ޗައިނާގައި މެކުހަށް ޖަހައިފި އެވެ. ސިއްހީ އޮފިޝަލުންނާ ހަވާލާދީ ގްލޯބަލް ޓައިމްސް ބުނާ ގޮތުން ޗެންޗޯ އަވަށުގެ މުޅި އާބާދީ ހަ ގަޑިއިރު ތެރޭގައި ކޮވިޑަށް ޓެސްޓްކޮށް ނިންމައިފި އެވެ. އެ ސިޓީގެ އާބާދީ އަކީ 12.5 މިލިއަނެވެ.

ދުނިޔެއަށް ކޮވިޑް ފެތުރިގަތީ ޗައިނާގައި ކަމަށް އޮތީ ނަންވެފަ އެވެ. އެހެން ނަމަވެސް މިއީ ޗައިނާ ގަބޫލުކުރާ ކަމެއް ނޫނެވެ. އެއީ މިފަދައިން ބުނަމުން ގެންދަނީ ސިޔާސީ ގޮތުން ޗައިނާގެ ވާދަވެރިން ކަމަށް ވާތީ އެވެ.

ގައުމުތަކުގައި މިހާރު ފެތުރެމުންދާ އެމިކްރޮން ވޭރިއަންޓް ޗައިނާއިން ވެސް ވަނީ ފެނިފަ އެވެ. ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުން ކޮވިޑަށް ޓެސްޓް ކުރުން އަވަސްކުރަން ސަރުކާރުން ބޭނުންވަނީ ކޮވިޑް ކޭސްތައް މުޅިން ނައްތާލުމަށެވެ.

ގްލޯބަލް ޓައިމްސް ބުނާ ގޮތުން ކޮވިޑަށް ޓެސްޓް ކުރުން ދެން އޮތީ ޓިއަންޖިއާންގަ އެވެ. އެއީ ޗެންޗޯއަށް ވުރެ އާބާދީ ބޮޑު ސިޓީއެކެވެ. އެ ސިޓީގެ އާބާދީ އަކީ 14 މިލިއަނެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނާ ގޮތުން އާ ވެރިއަންޓްތައް ފެތުރިގަތުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އޮތީ އެޅިފަ އެވެ. އެހެން ކަމުން ފާލުން ނެއްޓި ހާލަތު އަތުން ދޫވެގެނެއް ނުދެ އެވެ.

ކޮވިޑް ޓެސްޓް ކުރަން ޗައިނާގައި މީގެ ކުރިން ބިނާކުރި ސެންޓަރުތައް މިފަހަރު ވެފައި ވަނީ ވަރަށް ބޮޑު ފަސޭހައަކަށް ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.