ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް ސައިންސްވެރިންނަކީ ސިޔާސީ ބައެއް: ޗައިނާ

ތަރުޖަމާނު ވަންގް ވެންބިން: ވިދާޅުވީ އެމެރިކާއިން ބޭރަށް ނެރެފައިވާ ކޮވިޑް ސައިންސްވެރިންނަކީ ސިޔާސީ ބައެއް ކަމަށް
100%
0%
0%

ކޮވިޑް އުފެދުނު ގޮތް ކަމަށް ބުނެ އެމެރިކާއާ ބައިވެރިން ކުރަނީ ސިޔާސީ މަސައްކަތެއް ކަމަށާއި އެއީ ބޭކާރު ކަމެއް ކަމަށް ޗައިނާއިން ބުނެފި އެވެ. ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވީ އެމެރިކާއިން ކޮވިޑް ސައިންވެރިން ކަމަށް ބުނަނީ ވަކި މަސައްކަތްތައް ކުރަން ތަމްރީނު ކޮށްފައި ތިބި އޭޖެންޓުންތަކަކަށް ކަމަށާއި އެއީ ސިޔާސީ ބައެއް ކަމަށެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި އެމެރިކާއިން ބުނާ ކޮވިޑް ސައިންސްވެރިންގެ ސަބަބުން ތަހުލީލުތަކުގެ ސައްހަކަން ގެއްލިފައިވެ އެވެ. އަދި ހަގީގީ މަސައްކަތްތަކުގައި އުޅޭ ތެދުވެރި ސައިންސްވެރިން ތިބީ ބިރުގަނެފަ އެވެ. އޭ އަދި ވިދާޅުވީ އެމެރިކާއިން ކުރާ މަސައްކަތަކި ބިރުދެއްކުން ކަމަށާއި އަމިއްލަ އެދުމުގައި އެމެރިކާ މިހާރު އެ އޮތީ ބުއްދި ފިލައި ގޮސްފައި ކަމަށެވެ.

ވަންގް ވެންބިން ގްލޯބަލް ޓައިމްސްއަށް ވިދާޅުވީ ކޮވިޑްގެ ހަގީގަތް ހޯދަން އެދޭ ނަމަ ކުރަން ޖެހޭ ކަމަކީ ތެދުވެރިވުން ކަމަށާއި ސައިންސްވެރިން ކަމަށް އެބުނާ ބަޔަކު ކުރާ މަސައްކަތެއް ވެސް އޮންނަން ވާނެ ކަމަށެވެ. އަދި އެ މަސައްކަތަކާ ބެހޭ ގޮތުން އާންމުންނަށް އެނގެން ޖެހޭ ކަމަށެވެ.

ކޮވިޑްގެ ހަގީގަތް ހޯދުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަހަރު ކުރީކޮޅު ޗައިނާއަށް ސައިންސްވެރިން ފޮނުވި އެވެ. އެމީހުން ހޯދާނެ ވަރަކަށް ހޯދާފައި ރިޕޯޓް ވެސް ޝާއިއުކޮށްފި އެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހޯދި ހޯދުމުން ކޮވިޑަކީ ޗައިނާގައި އުފެދުނު ބައްޔެއްކަން ދެނެއެއް ނުގަނެވުނެވެ. އެކަމަކު އެމެރިކާ އެދެނީ ކޮވިޑަކީ ޗައިނާގައި އުފެދުނު ބައްޔެއްކަން ދުނިޔެއަށް ސާބިތުކޮށްދޭށެވެ.

އިނގިރޭސިވިލާތުގައި މިއަހަރު އޮތް ޖީ7ގެ ސަމިޓްގައި އިނގިރޭސިވިލާތާއި އެމެރިކާ އާއި ފްރާންސާއި ކެނެޑާ އާއި ޖަރުމަނާއި އިޓަލީ އަދި ޖަޕާނުން ގޮވާލާފައި ވަނީ ކޮވިޑް އުފެދުނު ގޮތް ހޯދަން ކުރާ މަސައްކަތްތައް އަވަސްއަރުވައިނުލާށެވެ. ވަގުތު ނަގައިގެން ތަރުތީބުން ގޮސް އޭގެ އަސްލު ހޯދާށެވެ.

ޗައިނާއިން ބުނީ އެކަށީގެން ނުވާ ވަަރަށް ވަގުތު ދަންމާލައިފި ނަމަ އެމެރިކާ އާއި ހުޅަނގުން ކުރާނީ ޖާސޫސް ކަމަށާއި އޭރުން އޮންނާނީ އެމީހުން އެބުނާ ހަގީގަތެއް ހޯދިފައި ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހސނ

ތިޔައީ ޝައްކެއްއުފެދޭކަމެއްނޫން. ކޮވިޑާއިގުޅިގެން ދުނިޔޭގެ ކުދިބޮޑު އެންމެހައިޤައުމު ޑަބްލިޔޫ އެޗްއޯތެރޭގައި ކޮރަޕްޝަންއޮތްވަރުގެވާހަކަދައްކައި، އެކަންތައްތައްބަލަން ކޮމެޓީވެސް އުފެއްދި. ވީއެއްކެއްހަރާން! އަފުރާޝީމްގެ ގަތުލެކޭއެއްވަރު. އަދިވެސް ގައުފުރޮޅަނީ. އެތާންގެ ހިންގުމަށް އެއްވެސް ބަދަލެއްނާދޭ. ކޮވިޑުގެ ވިޔަފާރި ހިނގާގޮތަށް އެބަހިނގާ. ފައިދާވާތަންފެނަނަީ ޖީ7ގެ ވެކްސިން އީޖާދުކުރާ ބޮޑެތި ޤައުމުތަކަށާ، ވެކްސިން އުފައްދާ ޤައުމުތަކަށް. ފައިޒާކުންފުންޏަށްއެކަނިި މިއަހަރު ކޮވިޑުވެކްސިނަށް 29 ބިލިއަންޑޮލަރު ފައިދާއަށް ލިބުނޯ! ދެންވިސްނާލާ!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345