ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާއިން އެއްބިލިއަން ކޮވިޑް ވެކްސިން އެފްރިކާއަށް

އެފްރިކާއަށް އަދި އިތުރު އެއްބިލިއަން ކޮވިޑް ވެކްސިން ފޯރުކޮށްދެއްވާނެ ކަމަށް އެގައުމުގެ ރައީސް، ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ކޮވިޑާ ގުޅިގެން ޗައިނާ އޮތީ ގައުމުތަކަށް އެހީތެރިކަށް ފޮރުކޮށްދީ އެއްބާރުލާ ގޮތަށް ކަމަށެވެ.

ޗައިނާގެ ރައީސް މިކަން އިއުލާން ކުރެއްވީ، ޗައިނާ-އެފްރިކާ ކޯޕަރޭޝަން ފޯރަމްގެ މިނިސްޓަރުންގެ ކޮންފަރެންސްގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެންނެވެ. މިއީ ޗައިނާ-އެފްރިކާ މިނިސްޓަރުންގެ މެދުގައި ބާއްވާ އަށްވަނަ ކޮންފަރެންސް އެވެ.

ޝީ ވިދާޅުވި ގޮތުގައި އެއްބިލިއަން ވެކްސިންގެ ތެރެއިން 600 މިލިއަން މުޅިން ހިލޭ ދެއްވާނެ އެވެ. އަަދި 400 މިލިއަން ވާން ޖެހޭނީ ޗައިނާގެ ބޭސް / ވެކްސިން އުފައްދާ ކުންފުނިތަކާ އެފްރިިކާގެ ކުންފުނިތައް ގުޅިގެން އުފައްދާ ވެކްސިނަށެވެ.

ދެގައުމުގެ ކުންފުނިތައް ގުޅިގެން ވެކްސިން އުފައްދަން ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް ޝީ ވިދާޅުވި އެވެ.

އޮންލައިން ފޯރަމްގައި މަޝްވަރާ ކުރައްވަމުން ޝީ ވިދާޅުވި ގޮތުގައި 2022 ނިމުމުގެ ކުރިން އެފްރިކާގެ 60 ޕަސެންޓް އާބާދީއަށް ވެކްސިން ދިނުމަށް ޗައިނާ އެހީތެރިވާނެ އެވެ. އަދި ޗައިނާއިން ފޮރުކޮށްދޭ ވެކްސިނުން އެ އުންމީދު ހާސިލުވާނެ ކަމަށް ދެކެވަޑައި ގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދުނިޔެއަށް ކޮވިޑް ފެތުރިގަތުމާ ގުޅިގެން ޗައިނާއިން ގެންދަނި ގައުމުތަކަށް ހިލޭ ވެކްސިން ފޯރުކޮށް ދެމުންނެވެ. ޚާއްސަކޮށް ފަގީރު ގައުމުތަކަށް ވެކްސިން ހޯދުމުގައި ޗައިނާއިން ވަރަށް ރަނގަޅަށް މުއާމަމާތްކޮށްފައި ވެއެވެ.

ޝީ ވިދާޅުވި ގޮތުގައި ޗައިނާ އޮތީ ދުނިޔޭގެ ތަރައްގީއަށް ގައުމުތަކަށް އެހިތެރިވެދޭ ގޮތަށެވެ. އަދި ވިދާޅުވީ އެގައުމަކުން އެދޭ ގޮތަކަށް އެހިތެރިވުމާ މެދު ޗައިނާ ވިސްނާނެ ކަމަށެވެ.