ލައިފްސްޓައިލް

ވޭތުވެދިޔަ ގަރުނުގައިވެސް ނުފެންނަހާ ބޮޑު އަލިމަހެއް!

ވޭތުވެދިޔަ ގަރުނުގައިވެސް ނުފެންނަހާ ބޮޑު އަލިމަހެއް އެފްރިކާގެ ގައުމެއް ކަމަށްވާ ބޮޓްސުވާނާއިން ހޯދައިފިއެވެ. މިއީ މިހާތަނަށް ދުނިޔޭގެ ތާރީހުގައިވެސް ހޯދުނު ދެވަނައަށް އެންމެ ބޮޑު އަލިމަހެވެ. އަދި މިއީ މިހާތަނަށް ބޮޓްސުވާނާއިން ފެނުނު އެންމެ ބޮޑު އަލިމަހެވެ.

މިއީ 1111 ކެރެޓުގެ އަލިލިމަހެކެވެ. މި އަލި މަސް ހޯދީ ބޮޓްސުވާނާގައި މަސައްކަތްކުރާ ކެނެޑާގެ އަލިމަސް ކުންފުންޏެއް ކަމަށްވާ ލުކާރާ ޑައިމަންޑުންނެވެ.

ލުކާރާ ޑައިމަންޑުން ބުނީ މި އަލިމަހާއެކު އާންމުކޮށް ނުފެންނަ ވަރުގެ ބޮޑު އިތުރު ދެ އަލިމަހެއް ވެސް ފެނުނު ކަމަށާއި އެތަނުން އެކައްޗަކީ މިހާތަނަށް ހޯދުނު ހަވަނައަށް އެންމެ ބޮޑު އަލިމަސް ކަމަށެވެ. އެ ކުންފުނީގެ ސީއީއޯ ވިދާޅުވީ މި ހަފްތާއަކީ އެ ކުންފުންޏަށް އާދަޔާ ހިލާފު ހަފްތާއެއް ކަމަށާއި މި ފެނެނު އަލިމަސްތަކާމެދު ބުނާނެ އެއްޗެއް ނޭންގި ބަސް ހުސްވެފައިވާ ކަމަށެވެ.

ތާރީހުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު އަލިމަހަކީ 1905 ގައި ދެކުނު އެފްރިކާއިން ހޯދި 3106 ކެރެޓުގެ އަލިމަހެވެ. ނުވަ ބަޔަށް މި އަލިމަސް ބަހާލާފައި ވާއިރު މީގެން ބޮޑުބައި މިހާރު އޮތީ އިނގިރޭސި ވިލާތުގައެވެ.

ބޮޓްސުވާނާއަކީ ދުނިޔޭގެ އެންމެ ބޮޑު އަލިމަސް އިންޑަސްޓްރީ އޮންނަ ގައުމެވެ. އަލިމަހުގެ ވިޔަފާރީގެ ސަބަބުން އެގައުމު ވަނީ ފަގީރު ކަމުން އަރައިގަނެ މެދު މިންވަރެއްގެ އާމްދަނީއެއް ލިބޭ ގައުމަކަށް ވެފައެވެ -- ބީބީސީ