އެމްޑަބްލިއުއެސްސީ

މިރޭ ބައެއް ގެތަކުން ފެން ކަނޑާލާނެ

Jul 22, 2021

މިހާރު އަޅާފައިވާ ފެން ހޮޅި އާއި އަޅަން އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށް މިރޭ ބައެއް ގެތަކުން ފެން ކަނޑާލާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް" ދަށުން މިހާރު މަސައްކަތް ކުރަމުންދާ ހަނދުވަރީ ހިނގުމުގައި މިހާރު އަޅާފައިވާ ފެން ހޮޅި އާއި އަޅަން އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށް މިރޭ ބައެއް ގެތަކުން ފެން ކަނޑާލާނެ ކަމަށެވެ. ފެންކަނޑާލީ މިރޭ 11 އިން ފެށިގެން ފަތިހު ހަތަރަކާއި ހަމައަށެވެ.

ފެން ކަނޑާލާނީ ހަނދުވަރީ ހިނގުމާއި ކާނޭޝަން މަގާއި ދެމެދުން ފްލޫނިއްޔާ މަގުގައި ހިމެނޭ ހުރިހާ ގޭބީސީތަކަކުންނެވެ.