ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

އިތުރު މަރެއް، ކޮވިޑު މަރު 219 އަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ރޭ 11:43 ހާއިރު ކަމަށް އެޗްޕީއޭއިން ބުންޏެވެ. ރޭ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

ރޭގެ މި މަރާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 219 އަށް އަރާފަ އެވެ.

ރާއްޖެއިން ކޮވިޑް ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2606 މީހުންނެވެ. މިހާތަނަށް 73710 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 11 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ