ދިރާގު ޓީވީ

ދިރާގު ޓީވީން ޓޯކިޔޯ އޮލިމްޕިކްސް ބެލޭނެ

Jul 25, 2021

ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ޓޯކިޔޯ އޮލިމްޕިކްސް 2020 ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ޓޯކިޔޯ އޮލިމްޕިކްސް 2020 މުބާރާތް ކޮވިޑް-19 އާ ގުޅިގެން އެއް އަހަރު ދުވަހަށް ފަސް ކުރުމަށް ފަހު މިހާރު މިވަނީ ފެށިފައިއެވެ. ރާއްޖޭގެ ހުނަރުވެރި އެތްލީޓުން ބައިވެރިވާ މި މުބާރާތް އެންމެ ފުރިހަމަ ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ބެލޭނެ ގޮތް ދިރާގުން ހަމަޖައްސާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

އެގޮތުން ސޮނީ ސިކްސް، ސޮނީ ޓެން 2 އެޗްޑީ އަދި ޔޭސް ޓީވީ މެދުވެރިކޮށް އޮލިމްޕިކްސްގެ ހުރިހާ ގޭމެއް ބަލާލެވޭނެ އެވެ.


މިއަހަރުގެ ރާއްޖޭގެ ހަތަރު އެތްލީޓުން ވާދަކުރާއިރު ދިރާގު ބްރޭންޑް އެމްބެސެޑަރު އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދު ހިމެނެ އެވެ. ދިރާގުން ވަނީ ސާއިދާއި ދިވެހި އެތްލީޓުންނަށް ސޯޝަލް މީޑިއާގައި ކާމިޔާބީ ހޯދުމަށް ހިތްވަރު ދީފައި އެވެ.

މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް އެޗްޑީ ކޮލިޓީގައި އެއް ޑިވައިސްއަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫސާ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ޓީވީ ބަލާލެވޭނެ އެވެ. އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕްކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް އޮލިމްޕިކްގެ ގޭމްތައް ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.

މީގެ އިތުރުން ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޖީއެސްޓީ ނުލާ މަހަކު 65ރ. އަށް މެޗުތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯންފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެއެވެ. ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލާލެވޭނެ އެވެ.