ދިރާގު

ދިރާގު ޓީވީގެ ލައިސަންސް އަމުރު ބްރޯޑްކޮމްއިން އިސްތިއުނާފަށް

ދިރާގު ހެޑް އޮފީސް. ދިރާގު ޓީވީގެ ރީބްރޯޑްކާސްޓިން ލައިސަންސް ދެމެހެއްޓުމަށް ނެރުނު ވަގުތީ އަމުރު ބްރޯޑްކޮމް އިން ވަނީ އިސްތިއުނާފުކުރަން ހުށަހަޅާފަ---ފޮޓޯ: އަވަސް
0%
0%
0%

ދިރާގު ޓީވީގެ ރީބްރޯޑްކާސްޓިން ލައިސަންސް ދެމެހެއްޓުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅައިފި އެވެ.

ސިވިލް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު ކުރި ވަގުތީ އަމުރުގައި ވަނީ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ދަށުން ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ހައްގު އޮތް ކަމަށް އަމުރުކޮށްފަ އެވެ.

ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ހަމައެކަނި 100 އިންސައްތަ ހިއްސާވާ ދިވެހި ކުންފުނިތަކަށް ދޫކުރާ ގޮތަށް ބްރޯޑްކޮމް އިން ވަނީ ގަވާއިދެއް ހަދާފަ އެވެ. ދިރާގުގެ 52 އިންސައްތަ ހިއްސާދާރަކީ ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކުންފުނި – ބަޓެލްކޯ އެވެ.

ދިރާގު ޓީވީގެ ރީބްރޯޑްކާސްޓިން ލައިސަންސް އާކުރުމަށް ޖުލައި ހަތްވަނަ ދުވަހު ހުށަހެޅުމުން ދިރާގު ޓީވީއަކީ 100 އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏަކަށް ނުވާތީ ލައިސަންސް ދޫކުރުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބްރޯޑްކޮމް އިން ނިންމި ނިންމުމަކީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ހިލާފު ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ދިރާގުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ބްރޯޑްކޮމްގެ ގަވާއިދުގެ ސަބަބުން ރީ ބްރޯޑްކާސްޓިން ދާއިރާއަށް ނުފޫޒު ފޯރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއްވެސް ހުށަހަޅާފަ އެވެ. އެ ގަރާރު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345