ސިވިލް ކޯޓް

ފަސް މިލިއަން ރުފިޔާ ދެއްކުމަށް މުހަންމާއަށް ހުކުމެއް

މުހައްމަދު އަބްދުﷲ (މުހަންމާ) -- ފޮޓޯ: އަވަސް
0%
0%
0%

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ނުދައްކާ އޮތް ލޯނެއް ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިއީ މުހަންމާ، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނުދައްކާ އޮތް ލޯނަކަށް ދައްކަންޖެހޭ 5.2 މިލިއަން ރުފިޔާއާއި އަރަމުންދާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ މުހަންމާ ދައްކަންޖެހޭ ފައިސާ ކޮންމެ މަހަކަށް ބަހާލައިގެން މެއި 31، 2036ގެ ކުރިން ދައްކާ ހަލާސްކުރުމަށެވެ.

މުހަންމާ ދައްކަންޖެހެނީ ކޮންމެ މަހަކު މަދުވެގެން 83،000 އަށް ވުރެ މަދު ނޫން އަދަދެކެވެ.

މުހަންމާ ލޯނު ނަގާފައިވަނީ ހ. ފުރާތު ރަހުނު ކޮށްފައި ކަމަށްވާތީ އާއި މުހަންމާ ގަވައިދުން ލޯނަށް ފައިސާ ނުދައްކާ އެ ގެ ވިއްކާލުމުގެ ހުއްދައަށް ބީއެމްއެލް އިން ކޯޓުގައި އެދުނެވެ. އެކަމަކު ލޯނަށް ފައިސާ ދެއްކުމަށް މުހަންމާ އެއްބަސްވާތީ ގެ ވިއްކާލުމަށް ކޯޓުގެ ހުކުމްގައި ހުއްދަ ދީފައެއް ނުވެ އެވެ.

ސިވިލް ކޯޓުން މިމައްސަލަ ނިންމާފައިވަނީ ދެ ފަރާތުގެ އެއްބަސްވުމާ އެކު ދެ ފަރާތުގެ ޣައިރު ހާޒިރު ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުކަންވެސް ކުރިން ކުރައްވާފައިވާ މުހަންމާ ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ މަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345