ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ދުބާއީއަށް ފުރާވަޑައިގެންފި

Jul 27, 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ދުބާއީއަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ދުބާއީ ދަތުރުފުޅަށްފަހު އެނބުރި ވަޑައިގަންނަވާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ރައީސްގެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު މި ދަތުރުފުޅާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައެއް ނުވެ އެވެ.

ރައީސްގެ ދެކަނބަލުން ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ވަޑައިގެންފަ އެވެ. އެ ފަހަރު ދުބާއީއަށް ވަޑައިގެންނެވީ ރައީސް ސޯލިހްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް އަވަހާރަވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހުގެ ދެކަނބަލުން މިއަދު ވެސް ދުބާއީ އަށް ފުރާވަޑައިގެންނެވީ އާއިލީ ބޭފުޅުން ދުބާއީގައި ތިއްބެވުމާ ގުޅިގެން އާއިލީ ކަމެއްގަ އެވެ.