މަސްތުވާތަކެތި

ކާރެއްގެ ތެރެއިން ބަނގުރާ ފުޅިއެއް ފެނި، ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގައި ބާރު ސްޕީޑެއްގައި ދުއްވާފަ ދިޔަ ކާރެއްގެ ތެރެއިން ބަނގުރާ ފުޅިއެއް ފެނިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ގާތްގަނޑަކަށް 8:40 އެހާކަންހާއިރު ވަންވޭ ފަޅާލާގެން ބާރުސްޕީޑެއްގައި ދުއްވާފަ ދިޔަ ކާރެއްގެ ހިފަހައްޓައި މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ކާރު ބަލައި ފާސްކުރި އިރު ކާރުން ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށާއި މިމަސައްސަލާގައި ކާރުގައި ތިބި ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ ފުލުހުން އެކާރު މަޑުކުރަން އިޝާރަތްކުރުމުން ނުހުއްޓާ ބާރުސްޕީޑެއްގައި ދިޔައީ ގޮސް ވަންވޭ އެއް ފަޅާއިލާ ގެން ދިޔުމުގެ ތެރޭގައި ހުއްޓުވީ. ދެން މަސްތުވެފައި ހުރި ކަމަށް ތުހުމަތު ކުރެވޭތީވެ އެކާރު ބަލާ ފާސްކުރުމުގެ ތެރޭގައި ބަނގުރާ ފުޅިއެއް ފެނުން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކުރެވުނީ ބިދޭސީ ދެ އަންހެނުންނާއި ފިރިހެނެއް އަދި ދިވެއްސެއް ކަމަށެެވެ.