ރައްޔިތުންގެ މަޖިލިސް

މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައަޅަން މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން -- ފޮޓޯ: މަޖިލިސް
0%
0%
0%

މަސްތުވާތަކެއްޗާގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމަށް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އެވެ.

މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އާއި މަސްތުވާތަކެއްޗާގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމެވެ.

ގާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރަށް އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމަށް ބިލްގައި ވަނީ ހިމަނާފަ އެވެ.

ބިލްގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމާއި ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާގުޅޭ އުސޫލުތައް މުރާޖައާކުރުން ހިމެނެ އެވެ.

މަސްތުވާތަކެއްޗާގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް މި ބިލްގައި ވަނީ އިތުރު ބާރުތައް ދީފަ އެވެ.

މީގެ އިތުރުން ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖައާކުރުމާއި ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާ ކުރުމަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން ބިލްގައި ހިމަނާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910