ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އެސްޓްރަޒެނެކާ ވެކްސިން އެޕޮއިންޓްމެންޓް ފަށައިފި

ކޮވިޑް-19 ބައްޔަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން، އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ސިންގަޕޫރު ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މީގެ ތިން ދުވަސް ކުރިން އަތޮޅުތަކުގެ ތެރޭގައި އެސްޓްރާޒެނެކާ ވެކްސިން ޖެހުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. މާލޭގައި އަންނަ ހޮނިހިރު ދުވަހުގައި ވެކްސިން ޖަހަން ފަށާނެ އެވެ.

ކޮވިޝީލްޑް ޖަހައިގެން ތިބި ފަރާތްތަކުން ބޭނުންވާ ނަމަ، އެސްޓްރާޒެނެކާ ވެކްސިން ދެވަނަ ޑޯޒް އެއް ގޮތުގައި ޖެހިދާ އެވެ. އަދި އެއް ވެސް ވެކްސިނެއް ނުޖަހާއި ތިބި ފަރާތްތަކަށް ވެސް އެސްޓްރާޒެނަކާއިން ވެކްސިން ޖެހުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

ވެކްސިން ޖަހަން ބޭނުންވާ މީހުން ޖެހޭނީ އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ނަގާށެވެ. ޕޯޓަލްގައި އެ މީހެއްގެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ވެކްސިން ޖަހަން ދާން ބޭނުންވާ ގަޑި އާއި ތާރީހު އިހުތިޔާރު ކުރުމުން، އެ މީހަކަށް އެޕޮއިންޓްމެންޓް ހަމަޖެހުން ކަމުގެ މެސެޖެއް ލިބޭނެ އެވެ. ޕޯޓަލް މެދުވެރިކޮށް މިގޮތަށް އެޕޮއިންމެންޓް ހެއްދުމުގައި އުނދަގޫތަކެއް އުޅޭ ނަމަ އެޗްޕީއޭގެ 1676 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އެޕޮއިންޓްމެންޓް ލިބުމަށް ފަހުގައި ވެކްސިން ސެންޓަރަށް ގަޑިއަށް ދިއުމަށް އެޗްޕީއޭއިން އެދެ އެވެ. ނޫވީ އެ ދުވަހުގެ އެޕޮއިންމެންޓް ކެންސަލް ވާނެ އެވެ.

މާލޭގައި އެކްސްޓްރާޒެނެކާ ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނީ ހަ ސެންޓަރެއްގަ އެވެ. އެއީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތް ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލެވެ.

ފަސް ސެންޓަރެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 2562،128 ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ މެދުކެނޑުމަކަށް ފަހު މިހާރު އަލުން ވަނީ ކޮވިޝީލްޑް ޖަހަން ފަށާފަ އެވެ.