އެޑްވަޓޯރިއަލް

ލިންކްސާވް އިން ވިއްކާ ޒެޑްކޭ ޕީއޯއެސް އާއި އެކު ޕީއޯއެސް ސޮފްޓްވެޔާ ހިލޭ

Aug 14, 2021

ކުރިއަރަމުން އަންނަ އަދުގެ ދުނިޔޭގައި ވިޔަފާރި ކުރިއެރުވުމަށް އެހީވެދޭ އެންމެ މުހިންމު އެއް ވަސީލަތަކީ ޕީއޯއެސް ސިސްޓަމް އަދި ޕީއޯއެސް ސޮފްޓްވެޔާ އެވެ.

ސަބަބަކީ މި ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތައް ވަގުތުން މޮނިޓާކޮށް، އެއިން ވިއްކޭ ޕުރޮޑަކްޓް ފާހަގަކޮށްލުމުގެ އިތުރުން އެކި ކަހަލަ ރިޕޯޓު ވަގުތުން ނަގައިލެވެ އެވެ. އިތުރު މީހަކަށް މުސާރަ ދީގެން ކުރުވުމުގެ ބަދަލުގައި ވަގުތުން ޕީއޯއެސް ސިސްޓަމް އިން ސޭލްސް އަދި ޓެކްސް ރިޕޯޓް ވެސް ނަގައި ލެވޭނެ އެވެ.

އަތޮޅުތެރޭގައި އެކްސެލް ޝީޓެއްގައި ޖަހައިގެން ނުވަތަ އެނޫން ގޮތްގޮތަށް ސިސްޓަމްގައި ނޯޓުކޮށްގެން މުދާ ވިއްކަމުން އަންނަ ވިޔާފާރިތައް އަދިވެސް މަދެއް ނޫނެވެ. ޓެކްސް ރިޕޯޓް ތައްޔާރު ކުރަން ޖެހުމުން ބޮޑު އަގު ދީފައި އެކައުންޓަންޓެއް ނެގުމުގެ ކުރިން އެއީ އެންމެ ފަސޭހަ ގޮތްތޯ ބަލަން ޖެހެ އެވެ.

ލިންކްސާވް އަކީ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ޒެޑްކޭ ބުރޭންޑްގެ އޮތޮރައިޒްޑް ރީސެލާ އެކެވެ. އެކި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ސިފަތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ތަފާތު މޮޑެލްތަކުގެ ޕީއޯއެސް ސިސްޓަމްތައް ޒެޑްކޭ އިން އުފައްދަ އެވެ. އެހެންކަމުން ޕީއޯއެސް ސިސްޓަމް އަކަށް ބޭނުންވާ ހުރިހާ ސާމާނެއް ލިންކްސާވް އިން ހެޔޮ އަގުގައި ލިބެން ހުންނާނެ އެވެ.

ލިންކްސާވް އިން ގަންނަ ކޮންމެ ޒެޑްކޭ ޕުރޮޑަކްޓަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީގެ އިތުރުން، ގަންނަ ކޮންމެ ޕީއޯއެސް ސިސްޓަމް އަކާއި އެކު ޕީއޯއެސް ސޮފްޓްވެޔާ އިތުރު ހަރަދަކާއި ނުލާ މުޅިން ހިލޭ ލިބޭނެ އެވެ.

ޒެޑްކޭ ޕީއޯއެސް ބްރޭންޑްގެ ތަކެތި ވެސް ގޭގައި ތިބެގެން ލިންކްސާވްގެ އީ-ސްޓޯރު މެދުވެރިކޮށް ފަސޭހަކަމާ އެކު ގަނެލެވޭނެ އެވެ.

ފިހާރައަށް ދިއުމުގެ ބަދަލުގައި ވެބްސައިޓަށް ވަދެ، ބޭނުންވާ އެއްޗަކަށް އޯޑަރުކޮށްލުމުން ބޯޓާއި ފެރީގެ އިތުރުން "ރެޑްބޮކްސް" މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް އެ އެއްޗެއް ގެންގޮސްދޭނެ އެވެ. މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން އެއްވެސް ޑެލިވަރީ ޗާޖެއް ދައްކާކަށް ނުޖެހޭނެ އެވެ.