ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީގައި ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ

Jul 29, 2021

ހދ. ކުޅުދުއްފުށީގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެ އަނދައިފި އެވެ.

ސިފައިންގެއިން މިއަދު ބުނީ ތެޔޮ ބައުޒަރުގައި ރޯވެފައި ވަނީ މިއަދު 11:55 ހާއިރު ކަމަށެވެ.

ސިފައިންގެ ފަޔަމަނުންގެ މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު ނިއްވާލައިފަ އެވެ.

އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފަ އެއް ނުވެ އެވެ.

މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ސިފައިންގެއިން ވަނީ ބުނެފަ އެވެ.