އެކްސިޑެންޓް

ފޭރިގެން ފިލަން ދަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް

ފޭރިގެން ފިލަން ސައިކަލުގައި ދުއްވަނި ކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ

އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 10:20 ހާއިރު ވިޔަފާރިވެރިންގެ މިސްކިތް ކުރިމަތީގައި އެވެ.

މި އެކްސިޑެންޓާ ގުޅިގެން ކުޑަ ކުއްޖަކާއި އަންހެނަކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އަދި ސައިކަލު ދުއްވަން ތިބި މީހުނަށް ވެސް އަނިޔާ ލިބިފައިވެ އެވެ. އެމީހުނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ވަނީ ގެންގޮސްފަ އެވެ.

މަންޒަރު ދުށް މީހަކު އަވަސް އަށް ބުނި ގޮތުގައި އަންހެނެއްގެ ފޯނު ފޭރިގަނެގެން ސައިކަލުގައި ބާރު ސްޕީޑްގައި ދެމީހަކު ދުއްވާފައި ދިޔަ އެވެ. އަދި ވިޔަފާރިންގެ މިސްކިތް ކައިރިން ހިނގާފައި ދިޔަ އަންހެނަކާއި ކުޑަ ކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓް ހިނގީ އެވެ. ސައިކަލުނ ޖެހި ދެ މީހުން ވިއްސައިގެން ދިޔަ ކަމަށް އޭނާ ކިޔާދިނެވެ.

ފިކަޕަކަށް އަރުވައިގެން އަންހެން މީހާ އާއި ކުއްޖާ މިހާރު ވަނީ އައިޖީއެމްއެޗް އަށް ފަރުވާ ދިނުމަށް ގެންގޮސްފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ މިހާރު ބަލަމުންނެވެ.