އެކްސިޑެންޓް

ބްރިޖް އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 4:30 ހާއިރު ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވީ ސައިކަލު ދުއްވަން އިން 32 އަހަރުގެ މީހަކަށެވެ. އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސިނަމާލެ ބްރިޖް ގުޅިފައިވާ ހައިވޭ މަތިން ކާރެއް ފުރޮޅާލައި މިދިޔަ ބުދަ ދުވަހު ވަނީ އެކްސިޑެންޓެއް ހިނގާފަ އެވެ. އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ދިވެހި ދެ ފިރިހެނުން ތިއްބެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސިނަމާލެ ބްރިޖުގައި އަދި ހައިވޭގައި ދޭތެރެދޭތެރެ އިން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަ އެވެ. މިގޮތުން ނިމިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ބްރިޖުމަތިން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް މީހަކު މަރުވެފައިވެ އެވެ. އޭނާ މަރުވީ ޓްރެފިކަށް މަޑުނުކޮށް ދުއްވާފައި ގޮސް ކާރުގައި ޖެހިގެންނެވެ.