މޯލްޑިވްސް ޕޮލިސް ސާވިސް

ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދިޔަ މީހަކު ހޮސްޕިޓަލަށް ގެންގޮސްފި

ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދިޔަ މީހަކު ކަނޑުމަތިން ނަގައި ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ބްރިޖާ ދިމާ ކަނޑު މަތިން މީހަކު އޮޔާ ދާ ކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:35 ހާއިރު ކަމަށެވެ.

މި މީހާ މިވަގުތު ބާއްވާފައި އޮތީ އައިޖީއެމްއެޗްގައި ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

ކަނޑު މަތިން ނެގި މީހާއަކީ ކާކު ކަމެއް އަދި އެމީހާގެ ހާލަތާ ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.