ސިނަ މާލެ ބްރިޖް

ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި

ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި އެވެ.

ފުލުހުންނަށް މިހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:44 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބްރުޖިިމަތިން ކަނޑަށް ފުންމާލީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މީހާ ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ލޯންޗަކަށް މި މީހާ ފެނިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ބުރިޖުން ފުންމާލި މީހާ ސަލާމަތްކޮށްގެން އަވަސް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗަށެވެ.

މި މީހާ ހޮސްޕިޓަލްގައި އޮތް ކަމަށް އައިޖީއެމްއެޗުން ޔަގީންކޮށްދިން ނަމަވެސް އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ހޮސްޕިޓަލުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.