މަގުމަތީގެ އެކްސިޑެންޓް

ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

މާލޭގައި ކާރަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މާލޭގެ ބޮޑުތަކުރުފާނުމާގާއި ކޮއިމަލާހިނގުމާއި ގުޅޭ ކަންމަތީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލައެއް ރޭ 12:53 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިއެކްސިޑެންޓުގައި އަނިޔާ ވެފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށެެވެ. އެ ފިރިހެން މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިއެކްސިޑެންޓުގައި އަނިޔާ ވެފައިވާ މީހާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސޯޝަލްމީޑިއާގައި އާންމުވެފައިވާ މި އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގައި ޖެހި އެ ސައިކަލުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.