މަގުމަތީގެ އެކްސިޑެންޓް

މާލޭގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

މާލޭގައި މިރޭ ހިނގި އެކްސިޑެންޓްގައި ދެ ސައިކަލް ޖެހިފައި
0%
0%
0%

މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

އަނިޔާވި މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ނަމަވެސް އަނިޔާގެ ތަފްސީލް ލިބިފައެއް ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި މިރޭ 6:29 ހާއިރު މި އެކްސިޑެންޓް ހިނގީ މަފަންނު ބަސް ޓާމިނަލް ކުރިމަތީގައި ދެ ސައިކަލް ޖެހިގެންނެވެ.

އެކްސިޑެންޓާ ގުޅިގެން އަނިޔާވި މީހުންގެ ތެރޭގައި ދިވެހި ފިރިހެނަކާއި ދެ ބިދޭސީ ފިރިހެނުން ހިމެނެ އެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ހިނގުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ހަފްތާއެއްގެ ތެރޭގައި މަގުމަތީގެ އެކްސިޑެންޓްގައި އަނިޔާވެ ދެ މީހަކު ވަނީ މަރުވެސް ވެފަ އެވެ.

އެކްސިޑެންޓްތައް އިތުރުވެފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަގުތަކަކީ ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ކަމާ ގުޅޭ އިދާރާތަކަށް ވަނީ އަންގަވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910