މޯލްޑިވްސް ޕޮލިސް ސާވިސް

އެކްސިޑެންޓްތައް އިތުރުވާތީ ސީއެޗްއެސްއީގެ ދަރިވަރުންނަށް މައުލޫމާތު ދީފި

ސީއެޗްއެސްސީގެ ދަރިވަރުންނަށް ފުލުހުން މައުލޫމާތު ދެނީ -- ފޮޓޯ: ޕޮލިސް
0%
0%
0%

މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް ސީއެޗްއެސްއީގެ ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދީފި އެވެ.

މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔައީ މިއަހަރު ގުރޭޑް 11 އަށް އަލަށް ވަދެފައިވާ ދަރިވަރުންނަށް އަމާޒުކޮށް ސީއެޗްއެސްއީ ހުޅުމާލެ ކެމްޕަހުގައެވެ.

މި ސެޝަންގައި މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމުގައި ދަރިވަރުންގެ ޒިންމާއާއި ހިއްސާ އަކީ ކޮބައިކަން ކިޔައިދީފައިވެ އެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ރާއްޖެ އާއި އެހެނިހެން ގައުމުތަކުގައި އޮތް ހާލަތާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިގްތިސާދާ ގުޅިފައިވާ މިންވަރާ ގުޅޭގޮތުން ވެސް މައުލޫމާތުދީފައިވެ އެވެ.

މި ސެޝަންގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ވެސް ފުލުހުން ވަނީ ދަރިވަރުންނާ ހިއްސާކޮށްފަ އެވެ.

ފުލުހުންގެ ޓްރެފިކް ޕޮލިސް، އެވެއާނަސް އެންޑް ޕްރިވެންޝަން ޔުނިޓުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި އެ ސްކޫލުގެ 521 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910