ކޮންކްރީޓް މިކްސްޗާ ޓްރަކެއްގެ ބުރެކީގައި މައްސަލަ ޖެހި ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓު ހިނގީ އިއްޔެ ހަވީރު ބްރިޖުން މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި އެއާޕޯޓް ޓްރެފިކް ލައިޓް ކައިރީގަ އެވެ.
މަންޒަރު ދުށް މީހަކު އަވަސް އަށް ބުނި ގޮތުގައި އެކްސިޑެންޓު ހިނގީ ބްރިޖު ތިރިވާ ހިސާބުގައި ކޮންކްރީޓް މިކްސްޗާ ޓްރަކުގެ ބުރެކި ނުޖެހި ގޮސް ވެހިކަލްތަކެއްގައި ޖެހިގެންނެވެ.
ބުރެކި ނުޖެހުމުން ޓްރަކު ފުރަތަމަ ޖެހެނީ ކާރެއްގަ އެވެ. އެ ކާރު އާރްސީސީގެ އުޅަނދެއްގައި ޖެހޭއިރު އާރްސީސީގެ އުޅަނދު ޖެހެނީ އެމްޓީސީސީގެ އާރްޓީއެލް ބަހެއްގަ އެވެ.
މި އެކްސިޑެންޓްގައި އެ އުޅަނދުތަކަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.
މި ހާދިސާގައި އަނިޔާވި ބިދޭސީއަކަށް ވަނީ ފަރުވާދީފަ އެވެ. އޭނާއަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.