އެކްސިޑެންޓް

ބުރިޖާ ގުޅިފައިވާ ހައިވޭ މަތިން ކާރެއް ފުރޮޅާލައިފި

Jan 4, 2023
1

ސިނަމާލެ ބްރިޖު ގުޅިފައިވާ ހައިވޭ މަތިން ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފި އެވެ.

ކާރު ފުރޮޅާލާފައިވަނީ ބްރިޖާއި އެއާޕޯޓާއި ގުޅޭ ސަރަހައްދުގައި މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.

އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ދިވެހި ދެ ފިރިހެނުން ތިއްބެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން މިހާރު އަންނަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.


މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމުގައި ފުލުހުން ބުނެފައިވެ އެވެ.

ސިނަމާލެ ބްރިޖުގައި އަދި ހައިވޭގައި ދޭތެރެދޭތެރެ އިން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަ އެވެ. މިގޮތުން ނިމިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ބްރިޖުމަތިން ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް މީހަކު މަރުވެފައިވެ އެވެ. އޭނާ މަރުވީ ޓްރެފިކަށް މަޑުނުކޮށް ދުއްވާފައި ގޮސް ކާރުގައި ޖެހިގެންނެވެ.