އެކްސިޑެންޓް

ހަތަރު ސައިކަލު ޖެހި އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެ

May 17, 2023

ސިނަމާލެ ބްރިޖު މަތީގައި ހަތަރު ސައިކަލު ޖެހި އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެ އެވެ.

ބްރިޖުގެ ހުޅުމާލެ ކޮޅުން ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އަންހެނަކަށެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 7:55 ހާއިރު އެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ވަނީ ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ހާދިސާގައި އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި ފަހަކަށް އައިސް ބްރިޖާއި ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް ވަނީ އިތުރުވެފަ އެވެ. ހުޅުމާލޭގައި އެކްސިޑެންޓްތައް ގިނަވާތީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ޑިވައިޑަރު ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.