ދެ ސައިކަލެއް ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެމްއެމްއޭ ކައިިރި ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށާ އެކްސިޑެންޓްވި އެއް ސައިކަލްގައި އިން މީހާ މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި އަނެއް ސައިކަލްގައި ތިބި ދެ މީހުންނަށް ވަނީ އަނިޔާވެފައެވެ. އެ މީހުންނަށް އައިޖީއެމްޗްްގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގެ މައްސަލަ ބަލަމުންދާ ކަމަށެވެ.