ހަބަރު

ކަރަންޓުގައި ޖެހުނު މީހަކަށް ފަރުވާދެނީ

މާލެ: މާލޭގައި ބުރިކޮށްލާފައި އޮތް ކަރަންޓު ކޭބަލަކުން މީހަކު ކަރަންޓުގައި ޖެހި އަނިޔާވެފައިވޭ -- ފޮޓޯ: އާއިމް ޒަމީރު | އަވަސް
0%
0%
0%

ބުރި ކޮށްލާފައި އޮތް ކަރަންޓު ކޭބަލަކު މީހަކު ކަރަންޓުގައި ޖެހި އަނިޔާ ވެއްޖެ އެވެ.

ކަރަންޓް ކޭބަލެއް ބުރިކޮށްލާފައި އޮތުމުގެ ސަބަބުން ގަލޮޅު ގެއެއްގައި އުޅޭ އަންހެނަކަށް ކަރަންޓު ޖެހި ފަރުވާ ދެމުންދާ ކަަމަށް އާއްމު މީހަކު ޓްވިޓާގައި ލިޔެފައި ވެއެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުން މިއަދު ބުނީ ގަލޮޅުގެ ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް އިއްޔެ މެންދުރު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. ކަރަންޓުގައި ޖެހިފައިވަނީ 38 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ އެ އަންހެން މީހާ އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށާއި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ކަރަންޓުގައި ޖެހުނު މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910