ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ރާއްޖެ ވަޑައިގެންފި

Jul 31, 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީ ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ރައީސްގެ ދެކަނބަލުން ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ވަޑައިގެންފަ އެވެ. އެ ފަހަރު ދުބާއީއަށް ވަޑައިގެންނެވީ ރައީސް ސޯލިހްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް އަވަހާރަވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހުގެ ދެކަނބަލުން މިދިޔަ އަންގާރަ ދުވަހު ވެސް ދުބާއީ އަށް ފުރާވަޑައިގެންނެވީ އާއިލީ ބޭފުޅުން ދުބާއީގައި ތިއްބެވުމާ ގުޅިގެން އާއިލީ ކަމެއްގަ އެވެ.