ފުޑް އެންޑް ޑްރަގް އޮތޯރިޓީ

"މުޝީ" ތަށި ނުވިއްކަން އަންގައިފި

މުޝީ ބްރޭންޑްގެ "ސިލިކޯން ސަކްޝަން ޕްލޭޓް" އަދި "ސިލިކޯން ސްނެކް ކަޕް" ނުވިއްކަން އަދި އެފަދަ ތަކެތި ބޭނުން ނުކުރުމަށް ދިވެހިރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފި އެވެ.

އެ އޮތޯރިޓީން ދެންމެ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ކާބޯތަކެއްޗަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭ ކުޑަކުދިންނަަށް ކާބޯތަކެތި އެޅުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މުޝީ ބްރޭންޑްގެ "ސިލިކޯން ސަކްޝަން ޕްލޭޓް" އަދި "ސިލިކޯން ސްނެކް ކަޕް" ރާއްޖެއަށް އެތެރެ ކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ޑްރަގް ފީޑް އިން އަންގާފައިވާ ކަމަށެވެ.

މި އެލާޓާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެމްއެފްޑީއޭ އިން ވަކި ގޮތެއް އަންގަންދެން މުޝީ ބްރޭންޑްގެ "ސިލިކޯން ސަކްޝަން ޕްލޭޓް" އަދި "ސިލިކޯން ސްނެކް ކަޕް" ނުވިއްކުމަށާއި ކާބޯތަކެތި އެޅުމަށް ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.