ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ޕެނަޑޯލް ނުކާން އަންގައިފި

ވިއްކުން މަނާކުރި ޕެނަޑޯލް
0%
0%
0%

ޕެނަޑޯލް ނުކެއުމަށާއި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭ އިން ބުނީ ޕެނަޑޯލްގެ ރެންޑަމް ސާމްޕަލް ނަގައި ޓެސްޓްކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ ބޭސް ގުޅައިގެ ވަށައިގެންވާ ތަންތަނުން ނެއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި އެފަދަ މައްސަލަތައް އާންމުކޮށް ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަކުރަންޖެހޭ މިންވަރަށް ނުކުރުމުންނެވެ.

އެމްއެފްޑީއޭ އިން ވަނީ އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ފާމަސީތަކުންނާއި އާންމު ފިހާރަތަކުން މިވަގުތު މި ބޭސް ނުވިއްކުމަށް އަންގާފަ އެވެ.

މީގެ އިތުރުން އިންވެސްޓިގޭޝަން ނިމެންދެން މި ބޭސް ރާއްޖެ އެތެރެކުރުން "ރެސްޓްރިކްޓް" ކުރެވިފައިވާ ކަމަށްވެސް އެމްއެފްޑީއޭ އިން ވަނީ ބުނެފަ އެވެ.

ޕެނަޑޯލަކީ ރާއްޖޭގައި ވަރަށް އާންމުކޯށް ބޭނުންކުރާ ބޭހެކެވެ. މި ބްރޭންޑުގެ އިތުރުން ޕެރަސެޓަމޯލް 500 މިލިގްރާމްގެ އިތުރު 11 ބްރޭންޑަކާއި ޕެރަސެޓަމޯލް 650 މިލިގްރާމްގެ ހަތް ބްރޭންޑެއް އެޕްރޫވް ޑްރަގު ލިސްޓުގައި ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910