ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތަކަންދޫ

ތަކަންދޫން ބަލި ޖެހުނު މީހުންގެ އަދަދު ފަހަކަށް

ހއ. ތަކަންދޫ އިން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ ރަށުން ކަރަންޓީންގައިވެސް ނެތް މީހަކު ޕޮޒިޓިވްވެ އަރާ ފޭބުން މަނާކޮށްފައިވަނީ ހުކުރު ދުވަހު އެވެ.

އެ ރަށުން ޕޮޒިޓިވްވެފައިވަނީ މެދު އުމުރުގެ އަންހެނެކެވެ. އެ މީހާއަށް ބަލިޖެހިފައިވާކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރުމުން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ. ޕޮޒިޓިވްވި މީހަކީ މި ފަހުން މާލެ އައިސްފައިވާ މީހެއްވެސް ނޫނެވެ.

އެ ކޭސްއާ ގުޅިގެން އިއްޔެ ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ހަތަރު ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. ތަކަންދޫ ހެލްތް ސެންޓަރުން މިރޭ ބުނީ އެ ރަށުން ނެގި 50 ރެންޑަމް ސާމްޕަލްގެ ތެރެއިން 46 ސާމްޕަލް ނެގެޓިވް ކަމަށެވެ.

އަދި މިއަދު ޕޮޒިޓިވްވި ކޭސްތަކާއި ޑައިރެކްޓް ކޮންޓެކްޓުން ތިބި ނަމަ ހެލްތް ސެންޓަރަށް އެންގުމަށް ވަނީ އެދިފައެވެ.

އީދާއި ގުޅިގެން ކުޅިވަރުގެ ގިނަ ހަރަކާތްތަކެއްވެސް އޮތް ތަކަންދޫގައި ބަލީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވެއެވެ.