ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތަކަންދޫ

ތަކަންދޫން 25 މީހަކަށް ކޮވިޑް ޖެހިއްޖެ

ހއ. ތަކަންދޫ އިން އިތުރު 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ ރަށުން ކަރަންޓީންގައިވެސް ނެތް މީހަކު ޕޮޒިޓިވްވެ އަރާ ފޭބުން މަނާކޮށްފައިވަނީ ހުކުރު ދުވަހު އެވެ.

އެ ރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މެދު އުމުރުގެ އަންހެނެކެވެ. އެ މީހާއަށް ބަލިޖެހިފައިވާކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރުމުން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ. ޕޮޒިޓިވްވި މީހަކީ މި ފަހުން މާލެ އައިސްފައިވާ މީހެއްވެސް ނޫނެވެ.

އެ ކޭސްއާ ގުޅިގެން ހޮނިހިރު ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ހަތަރު ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ފަހުން އިއްޔެއާ ހަމައަށް ނެގި ސާމްޕަލްތަކުން އިތުރު 20 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިއްޔެ ޕޮޒިޓިވްވީ 16 މީހެކެވެ.

އީދާއި ގުޅިގެން ކުޅިވަރުގެ ގިނަ ހަރަކާތްތަކެއްވެސް އޮތް ތަކަންދޫގައި ބަލީގެ ހާލަތު ގޯސްވެފައިވާއިރު ނުވަ ގެއެއް ވަނީ ކަރަންޓީނު ކޮށްފައެވެ.