ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތަކަންދޫ

ތަކަންދޫން ކަރަންޓީނަށް ގެންދެވުނީ ޕޮޒިޓިވް ނުވާ ކުއްޖެއް

ހއ. ތަކަންދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުން ކަރަންޓީނަށް ގެންދިޔަ އިރު ނެގެޓިވްވި ކުއްޖަކު ކަރަންޓީނަށް ގެންދެވިއްޖެ އެވެ.

ތަކަންދޫން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ދެ އަންހެނުންނާއި އަންހެން ކުއްޖެކެވެ. ނަމަވެސް ދޮނަކުޅީގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ގެންދެވުނީ ފިިރިހެން ކުއްޖެކެވެ.

އެެހެން ދިމާވީ އެޗްޕީއޭއިން ފުރަތަމަ މައުލޫމާތު ހިއްސާކުރި ގޮތުގެ ސަބަބުންނެވެ. އެޗްޕީއޭއިން ފުރަތަމަ މައުލޫމާތު ދިން ގޮތަށް ދެ އަންހެނުންނާއި އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖަކު ވަނީ އިއްޔެ ހަވީރު ކަރަންޓީނަށް ގެންގޮސްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 37 އަހަރުގެ އަންހެނަކާއި 29 އަހަރުގެ އަންހެނަކާއި އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅެކެވެ. ނަމަވެސް އެޗްޕީއޭއިން މިހާރު ވަނީ ފަސް އަހަރުގެ އެ ފިރިހެން ކުއްޖާގެ ނަތީޖާ ނެގެޓިވް ކަމަށް ބުނެފައެވެ.

އަދި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ފަސް އަހަރުގެ އަންހެން ކުއްޖެއް ކަމަށް ވަނީ އަންގާފަ އެވެ. އަދި ކަރަންޓީން ފެސިލީޓިއަށް ދިއުމަށް ތައްޔާރުވުމަށް އެ އަންހެން ކުއްޖާގެ މަންމައަށް މިއަދު އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

ފަސް އަހަރުގެ ފިރިހެން ކުއްޖާއާއި އަންހެން ކުއްޖާއަށް ވެސް ކިޔަނީ ވަރަށް އެއްގޮތް ނަމެކެވެ.