ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދޮށީ މީހުން ބޭރުގައި އުޅެން ތިން ގަޑިއިރު

އުމުރުން 60 އަހަރުން މަތީގެ މީހުން ބޭރަށް ނިކުމެ އުޅެން ތިން ގަޑިއިރުގެ ހުއްދައެއް ދޭން ނިންމައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމަށް އެންގި އެންގުމަށް ވެސް ބަދަލު ގެނެސްފަ އެވެ. އެގޮތުން ކުރިން ހިފަހައްޓާފައިވާ ވާ ބައެއް ކަންކަމަށް ވަނީ ލުއިދީފަ އެވެ.

އެގޮތުން 60 އަހަރުން މަތީގެ މީހުންނަށް އެހީތެރިއަކާއެކު ބޭރަށް ނުކުމެ އުޅެން ތިން ގަޑިއިރުގެ ހުއްދައެއް ވަނީ ދީފަ އެވެ. އެ ހުއްދަ ދީފައިވަނީ ފަތިހު 5:00 ފެށިގެން ހެނދުނު 8:00 އަށެވެ.

އިތުރަށް ހުއްދަ ދިން ކަންތައްތައް

- ޒަރޫރީ ބޭނުންތަކަށް ހުއްދަ ދޫކުރާ މިންވަރު އިތުރު ކުރުން
- ޓެކްސީގެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުން
- މާލެ-ތިލަފުށި ދެމެދު ވިޔަފާރި މުދާ އުފުލުގެ ހުއްދަ ދިނުން
- ހުއްދަ ލިބިގެން ސިނާއީ މަަސައްކަތް ކުރާ މީހުންނަށް ހުއްދަ ދިނުން
- ހުއްދަ ހޯދައިގެން ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުމުގެ ހުއްދަ ދިނުން
- ހުއްދަ ހޯދައިގެން ކޮންސްޓްރަކްޝަން މަސައްކަތް ފެށުމުގެ ހުއްދަ ދިނުން
- ބެންކުން ދެވޭ ހިދުމަތްތައް އިތުރުކުރުމުގެ ހުއްދަ
- ސިއްހީ ހިދުމަތާ އެހެން ހިދުމަތް އިތުރު ކުރުމުގެ ހުއްދަ

މި ހާލަތުގައި ވެސް މަނާ ކަންކަން

  • މާލެ، ހުޅުމާލެ، ވިލިމާލޭގައި ވެހިކަލް ދުއްވުން
  • މާލެ، ހުޅުމާލެ، ވިލިމާލޭގައި މަގުތަކާއި އާންމު ތަންތަނަށް ނުކުތުން
  • މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުން
  • މާލެ، ހުޅުމާލެ، ވިލިމާލޭ، ތިލަފުށި، ގުޅިފަޅަށް މީހުން އަރާ ފޭބުން