ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތަކަންދޫ

ކަރަންޓީންގައި ނެތް މީހަކު ޕޮޒިޓިވްވެ ތަކަންދޫ ބަންދުކޮށްފި

ކަރަންޓީންގައި ނެތް މީހަކު ޕޮޒިޓިވްވެ ހއ. ތަކަންދޫ ބަންދުކޮށްފި އެވެ.

އެ ރަށުން ޕޮޒިޓިވްވެފައިވަނީ މެދު އުމުރުގެ އަންހެނެކެވެ. އެ މީހާއަށް ބަލިޖެހިފައިވާކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރުމުން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ. ނަތީޖާ ލިބުނީ މިއަދު އެވެ. ޕޮޒިޓިވްވި މީހަކީ މި ފަހުން މާލެ އައިސްފައިވާ މީހެއްވެސް ނޫނެވެ.

އީދާއި ގުޅިގެން ކުޅިވަރުގެ ގިނަ ހަރަކާތްތަކެއްވެސް އޮތް ތަކަންދޫގައި ކަރަންޓީންގައި ނެތް މީހަކު ޕޮޒިޓިވްވުމުން ރަށުގައި ބަލީގެ ހާލަތު އޮތްގޮތް ދެނެގަނެވެންދެން އެ ރަށަށް އަރާ ފޭބުން މަނާކުރީ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ރެންޑަމް ސާމްޕަލް ނަގާ ބަލި އޮތް މިންވަރު ދެނެގަތުމަށް މަސައްކަތް ފަށާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރު ކޮވިޑް ބަލީގެ މީހަކު ފެނުނު ފުރަތަމަ ރަށްތަކުގެ ތެރޭގައި ތަކަންދޫ ހިމެނެއެވެ.