ހުސައިން ޝަމީމް

އެތައް ބަޔަކު ހައްޔަރުކުރަން ގޮވާލި ގޮވާލުމާ ޕީޖީވެސް ދެކޮޅު

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- އަވަސް ފޮޓޯ
50%
50%
0%

ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާތެރިކަން ވަރަށް ބޮޑު ކަމަށާ ނަމަވެސް އެކަން ހުއްޓުވަން ކަމަށް ބުނެ އެތަށްހާސް ބަޔަކު ހިފާ ހައްޔަރުކޮށް ޖަލަށްލުމަކީ ހުރިހާ މައްސަލަތަކަށް އޮތް ހައްލު ނޫން ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅުންހުރި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށް ކޯޓަށް މައްސަލަ ފޮނުވުމަށް ފަހު ތަފްސީލު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވުމުގައެވެ.

ޝަމީމް މިހެން ވިދާޅުވިއިރު ރައީސް ނަޝީދު ވަނީ ވަރަށް ގިނަ ބަޔަކު ހިފައި ހައްޔަރު ކޮށްގެން ނަމަވެސް މިހާރު ރާއްޖެއަށް ދިމާވެގެން އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދެއްކެވީ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން "ކްލަބް ހައުސް ހަރުގެ" އިފްތިތާހު ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ނަޝީދު ވިދާޅުވީ ބަޔަކު ހައްޔަރު ކުރަން ޖެހިއްޖެ ކަމަށް ވިދާޅުވާން ޖެހޭ ހާލަތެއް އަތުވެދާނެ ކަމަށް ދުވަހަކުވެސް ހިތަށް އަރާފައިވެސް ނުވާ ކަމަށެވެ. ނަމަވެސް ވަރަށް ގިނަ ބަޔަކު ހިފައި ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެ އަށް ދިމާވެގެން އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ދުވަހަކު ވެސް ހިތަކަށް ނާރަން އަޅުގަނޑަށް ވަކާލާތު ކުރަން ޖެހިފައި އޮވެދާނެ ކަމެއް ކަމަކަށް މީހުން ހިފާ ހައްޔަރު ކުރަން ޖެހިއްޖެ އޭ ބުނަން. ނަަމަވެސް އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރާން ޖެހޭ ކަމެއް ކުރަން ޖެހޭނެ. ވަރަށް ގިނަ ބަޔަކު ހިފައި ހައްޔަރުކޮށްގެން ނަމަވެސް މިހާރު ރާއްޖެ އަށް ދިމާވެގެން މި އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

އަދި އޭގެ ފަހުން އެމަނިކުފާނު ވަނީ ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅުއްވާ އެމަނިކުފާނަށް ވަފާތެރި މެންބަރުންްގެ ވޯޓުން ފާސްކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލްވުމުގައި ޝަމީމް ވިދާޅުވީ އެއްވެސް މީހަކު ހައްޔަރު ކުރެވޭނީ ހައްޔަރު ކުރަންޖެހޭ އެކަށީގެންވާ ސަބަބަކާއި ހެއްކާއި ގަރީނާ ހުރެގެން ކަމަށެވެ. އަދި އެއިން ކަމެއް ނެތި މީހަކު ކަމެއް އޮތް ނަމަވެސް އެޅޭނެ ވަކި ފިޔަވަޅެއް ޕީޖީއަށް ނެތް ކަމަށެވެ. އަދި އެހެން އިދާރާތަކަށްވެސް ފިޔަވަޅު އެޅޭނީ އުސޫލުގެ ތެރެއިންނެވެ.

ޝަމީމް ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާ ރާއްޖެއަށް ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް އެފަދަ ކަމަކާ ގުޅުވާ އެތަށް ސަތޭކަ ބަޔަކު ހައްޔަރުކޮށް ޖަަލަށް ނުލެވޭނެ ކަމަށެވެ. އަދި ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ބުނެދޭން ޖެހޭނެ ކަމަށެވެ.

"ރައްކާތެރިކަމެކޭ ނެތް ބުނެވޭކަށް މިވަރުގެ ކަމެއް ރާއްޖޭގައި ހިނގާއިރުގައި މިކަމުގެ [ޓެރަރިޒަމް] ނުރައްކާތެރިކަން އެބައޮތް. އެކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑުވެސްމެ. އެކަމަކު އޭގެ މާނައަކީ އަޅުގަނޑުމެންނަށް 1600 މީހުން ޖަލަށް ލުމެއްވެސް ނޫން. މި ދެންނެވީ މީހަކު ހައްޔަރުކޮށްފައި މީހަކު ބަންދުގައި ބަހައްޓަންޏާ އަޅުގަނޑުމެން ކޯޓްގައި އެބަ ދައްކަން ކީއްވެގެންކަން ހައްޔަރުކުރަނީ، ކީއްވެގެންކަން ބަންދުގައި ބަހައްޓަނީ. މީހެއްގެ ވިސްނުން ވަކި ގޮތަކަށް ހުރުމަކީ އަޅުގަނޑުމެންނަށް މި އެ މީހަކު ހައްޔަރުކުރެވޭ ކަމަކަށް ނުވެދާނެ،" ޝަމީމް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- އަވަސް ފޮޓޯ
ރައްކާތެރިކަމެކޭ ނެތް ބުނެވޭކަށް މިވަރުގެ ކަމެއް ރާއްޖޭގައި ހިނގާއިރުގައި މިކަމުގެ [ޓެރަރިޒަމް] ނުރައްކާތެރިކަން އެބައޮތް. އެކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑުވެސްމެ. އެކަމަކު އޭގެ މާނައަކީ އަޅުގަނޑުމެންނަށް 1600 މީހުން ޖަލަށް ލުމެއްވެސް ނޫން. މި ދެންނެވީ މީހަކު ހައްޔަރުކޮށްފައި މީހަކު ބަންދުގައި ބަހައްޓަންޏާ އަޅުގަނޑުމެން ކޯޓްގައި އެބަ ދައްކަން ކީއްވެގެންކަން ހައްޔަރުކުރަނީ، ކީއްވެގެންކަން ބަންދުގައި ބަހައްޓަނީ. މީހެއްގެ ވިސްނުން ވަކި ގޮތަކަށް ހުރުމަކީ އަޅުގަނޑުމެންނަށް މި އެ މީހަކު ހައްޔަރުކުރެވޭ ކަމަކަށް ނުވެދާނެ
ހުސައިން ޝަމީމް | ޕްރޮސެކިއުޓަރު ޖެނެރަލް

ޝަމީމް ވިދާޅުވީ ހުރިހާ ކަމަކީ ޖިނާއީ އަދުލްގެ ނިޒާމުން ހައްލު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އަދި ހުރިހާ ކަމަކީ މީހުން ޖަލަށް ލައިގެންވެސް ހައްލު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އެކަން އެގޮތަށް ވާނަމަ ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވުނީސް ކަމަށް ވިދާޅުވިއެވެ.

"އެހެން ދެންނެވިޔަސް މީހަކު ފިކުރުގެ ގޮތުންވިޔަސް އަދި އެހެން ސަބަބަކާ ހުރެވެސް ކުށެއް ކޮށްފިއްޏާ ކްރިމިނަލް ޖަސްޓިސް ސިސްޓަމް އަންނަންޖެހޭ. އެ މީހަކާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭނެ. އެހެން ނަމަވެސް ހުރިހާ ކަމެއް ހައްލުކުރުމުގެ މަގަކީ ކްރިމިނަލް ޖަސްޓިސް ސިސްޓަމް ކަމަށް ވުމަކީ ހަމަޖެހޭ ކަމަކަށް ނުވެދާނެ،" ޝަމީމް ވިދާޅުވިއެވެ.

ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ނަމަވެސް އަދި ވަރަށް ގިނަ ބަޔަކު ހިފައި ހައްޔަރު ކޮށްގެން ނަމަވެސް މިހާރު ރާއްޖެއަށް ދިމާވެގެން އުޅޭ ކަންކަމުން އަރައިގަންނަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މެއި ހައެއްގެ ހަމަލާގެ ފަހުން ފުލުހުން ވަނީ ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަންތައް ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އެ އޮޕަރޭޝަންތަކުގައި އެތައް ބަޔަކު ހައްޔަރުވެސް ކުރިއެވެ. ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) ވިދާޅުވި ގޮތުގައި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ހައްދުފަހަނަ އެޅި އަމަލު ހިންގަން ފަސް ނުޖެހޭ 1400 ވުރެ ގިނަ މީހުން އެބަ ތިއްބެވެ. އަދި އެފަދަ އެތައް ބަޔަކު ދޫވެ މުޖްތަމައުގެ ތެރޭގައި އުޅެމުންދާ ކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވެސް ވަނީ ވިދާޅުވެފައެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢަލީ އާދަމް

މަޙްލޫފު ގެ އުންސުރު ހަމަ ނުވެއްޖެ ނަމަ ރައްޔިތުން އިބޫ ދެކެ ވަރަށް ރުޅި އަންނާނެ. ހުރިހާ ފަހަރަކު ރައްޔިތުން މަޑުން ނުތިބޭނެ. އަމީނު ގެ އުންސުރަ ހަމަ ނުވި. ޢަލީ ވަހީދު ފުރުވާލީ. މިހާރު ފައިސަލް ނަސީމް ގެ ކޮއްކޮ، ނަޒްރާ ނަސީމް އާއި މަޙްލޫފު އިނދެގެން ހުރީމަ ނުފޫޒު ގެ ބޭނުން ކޮއްގެން މަޙްލޫފު ގެ މައްސަލަ ޝަރިއްޔަތަށް ހުށަނާޅައިފި ނަމަ ރައްޔިތުން ގެ ރުޅިފަޅައިގެންދާނީ އިބޫ ދެކެ.

ހަސަނުގ

ކޮބާ އެމް.ޑީޕީ ގުބޯ ކައިފަ ތިބި ބުރާންތިންތައް؟ މިހާރު އެބަ އެނގެއެއްނު އަންނި ހަދާ އެއްޗެހި. ވެރިކަމު ހުރި އިރުވެސް ހެދީ ހަމަ މިހެން. ދެން ފުލުހުންނާ، ސިފައިންނާ، އާންމުން ނިކުމެ ދެކޮޅުވެ ގަތީމަ ބުނީ ބަޢާވާތޭ. ހޭވެރިކަން ނުވާތި ލާރި ފެންނަހާ ހިނދަކު.

ސުމާރު

ބަލަ މީހަކު ޓެރަރުސްޓަކަށްވާނީ އެމީހާ ޓެރަރިސްޓު އަމަލެއް ހިންގީމަ ނޫންބާ؟ ހަމަ ތިމާ ހިތަށް އެރީމަ 1400 ޓެރަރިސްޓުން އެބައުޅެޔޭ ކިޔާފަ މީހުން ހައްޔަރުކުރަންވީއޭ ބުނާމީހާގެ ޓެރަރިސްޓުކަން މާގަދަ ނޫންބާ؟ ހިތަށްއެރީމަ ގާޒީންވެސް ހައްޔަރުކުރަންވީ. ހިތަށްއެރީމަ އަބިމީވެސް ހައްޔަރުކުރަންވީ! ހިތަށްއެރީމަ ދަރިންވެސް ހައްޔަރުކުރަންވީ. މައުސޫމު މީހުން ހައްޔަރުކުރަން ގޮވާއިރު ޑިމޮކްރަސީގެ މާނަ އެގޭބާ؟؟؟ ތެދެއް ..ޓެރަރިސްޓު އަމަލު ހިންގައިފި ކޮންމެ ސައިތާނަކުވިޔަސް ހައްޔަރުކުރަންވީ. ހަމަ މަރަން ހުކުމް ކުރަންވީ. އޭރުން މިރާްއްޖޭގެ މަގުމަތީ ބޮންގޮއްވާ ވަޅިޖަހަެި ނުހެދޭނެ!!! އިހަށް ދުވަހުބޮންގޮއްވި ސައިތާނުން ތިތިބީ މިހާރު ކަސްތޮޅުގަ. ޙުކުމް ކޮށް ޝަޒާ ދޭންވީ!! ދެންތިބި ސައިތާނުންނަށް ރަގަޅު ފިލާވަޅެއްދީ މިރާއްޖޭގައި މީހަކު ޓެރަރުސްޓު އަމަލެއް ހިންގުމަށް ނިޔަތްގަންނަންވެސް ނުކެރޭ ވަރަށް!!!! ކެރޭނެބާ؟؟؟؟

ހަސަނުގ

އެތައް ހާސް ބަޔެކޭ؟ ނިކަން މޮޅިއްޔާ ލާބަލަ. ޕަކާސް. މީ އިންޑިޔާދޯ ކަލޭމެން ހިތުހުރި އެއްޗެއް ހަދާކަށް.

ޝާފީ ރ

މަޙްލޫފު ގެ ފަންސުރުޖަހާ ދަތި ހަމަވޭބާ ؟ އިނގެޔޭ އިނގެޔޭ ނައިބު ރައީސް ގެ ކޮއްކޮ ނަޒުރާ ނަސީމް އާކަން މަޙްލޫފު އިނދެގެން ހުރީ !!!

މުބީނު މާރނީ

އެއް ގަލުން ފެހިކާ މަހެއްކަން ރައްޔިތުންނަށް އޮޅިފަކާ ނެތް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345