ވިޔަފާރި

އަމިއްލަ އަށް ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިފިންތަ؟

Aug 5, 2021

ކޮންމެ މަހަކު އިންޓަނެޓަށް ހޭދަވާނީ ކިހާ ޑޭޓާއެއް ހެއްޔެވެ؟ ފޯނުގައި ކިހާ ވަގުތެއް ހޭދަ ކުރަން ހެއްޔެވެ؟ މަހެއްގެ މައްޗަށް ފޯނަށް ހޭދަ ކުރަން ބޭނުންވަނީ ކިހާ ވަރެއް ހެއްޔެވެ؟ މި ހުރިހާ ސުވާލުތަކެއްގެ ޖަވާބަކީ "ދިރާގު އަމިއްލަ ޕޯސްޓް ޕެއިޑް ޕްލޭން" އެވެ.

މި ޕްލޭން ނެގުމުން އަމިއްލަށް ބޭނުންވާ ޕެކޭޖު ތައްޔާރުކޮށްލުމުގެ އިހުތިޔާރު އަމިއްލަ އަތަށް ލިބިގެންދެ އެވެ. އެކަމަކު ސުވާލަކީ މިކަން ކުރާނެ ގޮތެވެ. މިއީ ކިހިނެއް ކުރާ ކަމެއް ހެއްޔެވެ؟

ދިރާގުން ކަސްޓަމަރުނަށް ލުއި ދެމުން ދެމުން ގޮސް ދީފައިވާ އެންމެ ބޮޑު އެއް ލުޔަކީ "އަމިއްލަ ޕޯސްޓް ޕެއިޑް" ހެދުމުގެ އިހުތިޔާރު ދިނުން ކަމަށް ބުނެވިދާނެ އެވެ. މިއީ "މޮބައިލް އެކްސްޕީއަންސް" އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމަށެވެ. މި ޕްލޭން އަމިއްލަ އަށް ފަރުމާކޮށްލަން ބޭނުންނަމަ ފުރަތަމަ ޖެހޭނީ ދިރާގު އެޕް އަޅާށެވެ.

އެޕް އެޅުމަށްފަހު އެޕުގެ މަތީގެ އިންނަ "ޓްރައިއައުޓް އަމިއްލަ ޕޯސްޓް ޕެއިޑް" އަށް ފިތާލާށެވެ. މިތަނުން ފުރަތަމަ ޖެހޭނީ ޕްރީސެޓް ޕްލޭނެއް ހިޔާރުކުރާށެވެ. މި ޕްލޭންގައި މިނެޓާއި އެސްއެމްއެސް އަދި ޑޭޓާ ހުންނާނެ އެވެ. މިތަނުން ބޭނުންވާ ވަރަށް ޑޭޓާ އާއި ފޯނުން ވާހަކަ ދައްކަން މިނެޓު ހިޔާރު ކޮށްލެވިދާނެ އެވެ. މިބައި ނަގާ ނިމުމުން ދެން ފެންނާނީ "ވެލިއުޕެކްސް" މެނޫ އެވެ.

މި ތަނުން ސޯޝަލް މީޑިއާ އާއި ދިރާގު ޓީވީ ފަދަ ހިދުމަތްތަކަށް ވަކިން ވެލިއުޕެކްސް ނެގޭނެ އެވެ. އަދި ބޭނުންވާ ވެލިއުޕެކްސް ނެގުމުން ނެކްސްޓަށް ފިތާލާނީ އެވެ. އަދި ރާއްޖޭން ބޭރަށް އައިޑީޑީ ކޯލް ކުރަން ބޭނުންނަމަ އެ ވެސް ހިޔާރުކޮށްލެވިދާނެ އެވެ. އަދި އެއަށްފަހު ފެންނާނީ އަމިއްލައަށް ނެގި ޕޯސްޕެއިޑުގެ ސަމަރީ އެކެވެ. އެގޮތް ހިތްހަމަ ޖެހޭނަމަ ކޮންފޯމަށް ފިތާލުމާއެކު ޕެކޭޖު އެކްޓިވޭޓް ކުރެވޭނެ އެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ، ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެ އެވެ. އަދި މީގެ އިތުރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްސްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެ އެވެ.

ވެލިއު ޕްކެސްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިންގ އެޑްއޮންސް ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ވަނީ ހިމަނާފައެވެ.