ޓޯކިއޯ އޮލިމްޕިކްސް 2020

1،500 މީޓަރު ދުވުމުގެ އެއްވަނަ ޔާކޮބްއަށް

ޓޯކިޔޯ އޮލިމްޕިކްސްގެ 1،500 މީޓާރު ދުވުމުގެ ރަން މެޑަލް ނޯވޭގެ ޔާކޮބް އިންގަބްރިގްސަން ކާމިޔާބު ކޮށްފި އެވެ.

ހޮނިހިރު ދުވަހު އޮތް 1،500 މީޓަރުގެ ދުވުމަކީ ޔާކޮބްއަށް ޓޯކިޔޯ އޮލިމްޕިކްސްގައި ކުރިމަތިވި އެންމެ ބޮޑު ޓެސްޓެވެ. މިފަހަރުގެ އޮލިމްޕިކްސް އަކީ އުމުރުން 20 އަހަރުގެ ޔާކޮބްގެ ފުރަތަމަ އޮލިމްޕިކްސް އެވެ.

މި މުބާރާތުގައި އޭނާގެ ފަރާތުން ވަނީ ރަނގަޅު ދުވުންތަކެއް ފެނިފަ އެވެ. މިއީ އޭނާގެ ފުރަތަމަ އޮލިމްޕިކްސް ނަމަވެސް ޔޫރަޕިއަން ސާކެޓުން އޭނާ ހޯދި ތަޖުރިބާގެ ބޭނުން މިމުބާރާތުގައި ވަރަށް ރަނގަޅަށް ހިފި އެވެ.

ޔާކޮބް 1،500 މީޓަރުގެ ރޭސް ކާމިޔާބު ކުރީ ތިން މިނެޓާއި 28 ސިކުންތުންނެވެ. ދެވަނައަށް ގޮސްފައިވަނީ ޗެރިއޯ އެވެ. އޭނާ ރޭސް ނިންމީ ތިން މިނެޓާއި 39 ސިކުންތުންނެވެ. އޭގެ 0.04 ސިކުންތު ފަހުން ތިން ވަނައިގައި ރޭސް ނިންމާ ލޯ މެޑަލް ކާމިޔާބު ކުރީ ޖޯޝް ކާ އެވެ.