ރެޑްވޭވް

ސައުތު އެފްރިކާގެ މަޝްހޫރު ބްރޭންޑްތައް ރެޑްވޭވުން

Aug 11, 2021

ރެޑްވޭވް އިން އަނެއްކާވެސް މުޅިން އާ ބްރޭންޑްތަކެއް ބާޒާރަށް ނެރެފި އެވެ.

މިފަހަރު ތައާރަފްކޮށްފައި ވަނީ ސައުތު އެފްރިކާގެ ބްރޭންޑުތަކެކެވެ. ރެޑްވޭވުން ބުނީ ތަފާތު ލުއި ކާނާ އާއި، ޑެއިރީ އަދި ސޯސްގެ ބާވަތްތަކުން ސުޕަމާޓްގެ ރެކުތައް ފަޅުފިލައިފައިވާ ކަމަށާއި، ފާހަގަކޮށްލެވޭ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ވެސް މިފަހަރު ތައާރަފްކޮށްފައިވާ ކަމަށެވެ.

އެގޮތުން ދުނިޔޭގައި ނަންހިނގާ ޑޮރީޓޯސް، ލޭސް އަދި ސައުތު އެފްރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އޯމާ ރަސްކު ފަދަ ބްރޭންޑްތަކުގެ އެކި ކަހަލަ ލުއިކާނާގެ އިތުރުން، "އެނާގޭޑް" ސްޕޯޓްސް ޑްރިންކްވެސް މިހާރު ރެޑްވޭވުން ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ޔަމްޔަމް ޕީނަޓް ބަޓާ، ފަސްޓް ޗޮއިސްގެ ޑެއިރީގެ ބާވަތްތަކާއި، މަނޯލީސް މަންޗީސްގެ އެކި ކަހަލަ ނަޓްސް އަދި ޑްރައިޑް ފްރުޓްސްވެސް ލިބެން އެބަހުރި ކަމަށް ރެޑްވޭވުން މައުލޫމާތު ދެއެވެ. އަދި ސްކޫލް ކުދިންގެ އިންޓަވަލް އަށް ބޭނުންވާނެ ބުއިންތަކާއި، ޔޯގަޓް އަދި ފްލޭވާޑް މިލްކް ވެސް މިހާރު ލިބެން އެބަހުއްޓެވެ.

ރެޑްވޭވް އިން މައުލޫމާތުދޭ ގޮތުގައި އެކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮލިޓީ ރަނގަޅު މޮޅު ބްރޭންޑްތަކެއް ރާއްޖޭގެ މާކެޓަށް ހެޔޮ އަގެއްގައި ތައާރަފްކުރުމެވެ. އަދި ވީހާވެސް ގިނަ ކަސްޓަމަރުން ސައުތު އެފްރިކާ މިބްރޭންޑްތަކުގެ އަޖުމަ ބެލުމެވެ.