ދިރާގު

ދިރާގު ސަޅި ޕްރިޕެއިޑް: ދުވާލަކު އެއް ޖީބީ ގުޅާލަން ހިލޭ

Aug 13, 2021
1

ހިލޭ އެތަށް ޖީބީއެއް ލިބޭ ގޮތަށް ދިރާގުން ސަޅި ޕްރީޕެއިޑް ގެ ނަމުގައި ޕްރިޕެއިޑް ޕެލޭނެއް ފަރުމާކޮށް ނެރެފި އެވެ.

ދިރާގުން ބުނީ ކަސްޓަމަރުންނަށް ގިނަ ފައިދާ އާއި އިތުރު ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ހާއްސަ ޕްރީޕެއިޑް ޕްލޭން ތަކުން އެއް ފަހަރު އެކްޓިވޭޓް ކޮށްލައިގެން އެއް ހަފުތާއާއި ދެ ހަފުތާ ނުވަތަ އެއްމަސް ދުވަހަށް ކޮންމެ ދުވަހަކު އެއް ޖީބީ ޑޭޓާ ލިބިގެން ދާނެ ކަމަށެވެ.

ހަމަ އެންމެ، 145 ރުފިޔާ އިން ފެށިގެން ސަޅި ޕްރީޕެއިޑްގެ ޕްލޭންތައް ފެށޭ އިރު މީގެ ކޮންމެ ޕްލޭނަކުން ދުވާލަކު ލިބޭ އެއް ޖީބީ ޑޭޓާ އެލަވަންސްގެ އިތުރުން ހިލޭ ސޯޝަލް މީޑިއާ ޑޭޓާ އަދި އަންލިމިޓެޑް ކޯލް ލިބިގެންދާނެ އެވެ. މިއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ ހަމަ އެއްމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭން ތަކެވެ.

ސަޅި ޕްރީޕެއިޑް ތައާރަފުކުރުމާ ގުޅިގެން ދިރާގުން ވަނީ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފާ އެއް ވެސް ތައާރަފުކޮށްފަ އެވެ. އެގޮތުން، ސަޅި ވީކްލީ އަދި ސަޅި ދެ ވީކްސް ޕްލޭނުން ކަސްޓަމަރުންނަށް 12 ސެޕްޓެމްބަރާ ހަމައަށް އެއް ޖީބީގެ ބަދަލުގައި ދެ ޖީބީ ޑޭޓާ ކޮންމެ ދުވަހަކު ލިބިގެންދާނެ އެވެ.

ދިރާގުގެ ސަޅި ޕްރީޕެއިޑް ތައާރަފު ކުރުމާ ގުޅިގެން ކުންފުނީގެ މެނޭޖަރު ކޮންސިއުމާ ޕްރީޕެއިޑް އައިޝަތު އިޝާނާ ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުން ޑޭޓާ ބޭނުން ކުރާ މިންވަރު ބަލައި ކަސްޓަމަރުންގެ ބޭނުންވާ ޕްލޭންތައް ތައާރަފު ކުރަން ކަމަށެވެ.

"ޑޭޓާ ބޭނުންކުރާވަރު އިތުރުވެފައިވާ އޮތް މިދަނޑިވަޅުގައި މިއަދު މި ތައާރަފު ކުރި ޕްލޭންތަކުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު އެއް ޖީބީ ޑޭޓާ އެލަވަންސް ލިބި، ޑޭޓާ އިން ގިނަ ކަންތައްތައް އެންމެ އެކްޓިވޭޝަނަކުން ފަސޭހަކަމާއެކު ކޮށްލެވޭނެ. ހަމަ މިއާއެކު، ދިރާގު ސަޅި ޕްރީޕެއިޑް އަކީ މުޅި މަހަށް ބަހާލަންޔާ އެންމެ ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާ ޕްރީޕެއިޑް ޕްލޭންތައް،" އިޝާނާ ވިދާޅުވި އެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތައް ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް އެކްޓިވޭޓް ކުރެވޭނެއެވެ. ދިރާގުގެ މަގުސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ އިތުބާރާއި ޔަގީންކަމާއެކު މުޅި ރާއްޖޭގެ އެންމެންނަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.