ރެޑްވޭވް

ރެޑްވޭވުން ކުޑަކުދިންގެ ބަންކް ބެޑް ހާއްސަ އަގެއްގައި

Aug 17, 2021

ރެޑްވޭވުން ވިއްކަމުންދާ ތިން އެނދު ހިމެނޭ ކުޑަކުދިންގެ ބަންކް ބެޑަށް ޑިމާންޑް ބޮޑުވެ، ޕްރީ އޯޑަރު ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ހުޅުވާލާަފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރެޑްވޭވުން ބުނީ މި އެނދަށް 6،990ރ. އަށް ޕްރީ އޯޑަރު ކޮށްލެވޭނެ ކަމަށެވެ. މި އެނދަކީ ފެންވަރު ރަނގަޅު އަދި މާކެޓުގައި ހުރި މި ބާވަތުގެ އެނދުތަކަށް ވުރެ އެތައް ގުނައެއް ހެޔޮ އަގެއްގައި ލިބިގެންދާނެ އެނދެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޕްރީ އޯޑަރު ކުރާ އެނދުތައް އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ރެޑްވޭވުން ބުނީ ދެ ސިންގަލް އެނދާއި ޑަބަލް އެނދެއް ހިމެނޭ ގޮތަށް ހުންނަ މި ބަންކް ބެޑްގެ ނޫ އަދި ފިޔާތޮށި ކުލަ މިހާރު ކަސްޓަމަރުންނަށް ޕްރީ އޯޑަރު ކުރެވޭނެ ކަމަށެވެ. މި އެނދުގައި ބުކް ޝެލްފެއް ވެސް ހުރެ އެވެ. އެނދަށް ބޭނުންވާ ގޮދަޑި ވަކިން ގަންނަން ރެޑްވޭވުން ލިބެން ހުންނާނެ އެވެ.

ޕްރީ އޯޑަރު ކުރަން ބޭނުންނަމަ ރެޑްވޭވްގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއެކު އެކަން ކުރެވޭނެ އެވެ. އަދި ރެޑްވޭވްގެ ފަރުނީޗަރު ވިއްކާ ފިހާރަތައް ކަމަށްވާ ރެޑްވޭވް ލިވިން އާއި ރެޑްވޭވް ޕެވިލިއަން އަދި ރެޑްވޭވް މެގަމޯލް (ހުޅުމާލެ) އިން މިވައްތަރުގެ އެނދު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.