ކާބުލް އެއާޕޯޓް، ހާމިދު ކަރުޒާއީ އިންޓަނޭޝަނަލް އެއާޕޯޓް މަދަނީ ފްލައިޓްތަކަށް ޖާގަ ދީ ދުނިޔެއަށް ހުޅުވައިފި އެވެ. އޮފިޝަލުން ވިދާޅުވީ މަދަނީ ފްލައިޓްތަކަށް މިހާރު ހުރަހެއް ނެތް ކަމަށާއި ސަލާމަތާއި ރައްކާތެރިކަން ވެސް ކަށަވަރު ކުރެވިފައި އޮތް ކަމަށެވެ.
އަފްޣާންގެ ވެރިރަށް ކާބުލްއަށް ތާލިބާނުން އަަރައި މުއައްސަސާތައް ހިސޯރު ކުރުމާ ގުޅިގެން ގައުމު ދޫކޮށް ފިލަން އެއާޕޯޓަށް ޖަމާވި މީހުން ގިނަވެ އެއާޕޯޓް އޮތީ މަދަނީ ފްލައިޓްތަކަށް ބަންދު ކޮށްފަ އެވެ. އެއީ ބޭރު ގައުމުތަކުގެ ސަފީރުންނާއި އޮފިޝަލުންނަށް ފްލައިޓްތަށް ހާއްސަ ކުރުމަށެވެ.
ކާބުލް އެއާޕޯޓް މަދަނީ ފްލައިޓްތަކަށް ހުޅުވާލުމަށް ފަހު އޮފިޝަލް ވިދާޅުވީ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ތާލިބާނުން ދެކޮޅު ނުހަދާ ކަމަށާއި އެއްބާރުލުން ދޭން އެއްބަސްވެފައި އޮތް ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާ އާއި އަފްޣާން ސިފައިން ގުޅިގެން އެއާޕޯޓް އޮޕަރޭޓް ކުރަމުން ގެންދާއިރު އެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުދޭނެ ކަމަށް ތާލިބާނުން ބުނެ އެވެ. އަދި ބޭރު ގައުމުތަކުގެ ސަފީރުންނާއި އޮފިޝަލުން އަފްޣާން ދޫކޮށް ދާން ބޭނުން ނަމަ ފުރުސަތު ދޭނެ ކަމަށް ވެސް ބުނެ އެވެ.
އެމެރިކާއިން ބުނީ ސިފައިންނާއި އޮފިޝަލުން އަފްޣާނުން ފައިބާ ނިމެންދެން ތާލިބާނުން އެއާޕޯޓަ ކައިރި ނުވާނެ ކަމަށާއި ތާލިބާނުންނާއެކު ދޯހާގައި ކުރި މަޝްވަރާތަކުން އެ ޔަގީންކަން ދިފައި އޮތް ކަމަށެވެ. އަދި ބުނީ ތާލިބާނުން ދިން ޔަގީންކަމާ ޚިލާފުވެއްޖެ ނަމަ ރައްދު ހަމަލާއެއް ދެނެ ކަމަށެވެ