ދުނިޔެ

އެމެރިކާގެ އަފްޣާން މަންދޫބު އިސްތިއުފާ ދެއްވައިފި

އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސުލްހައިގެ މަންދޫބު، ޒަލްމާއީ ޚަލީލްޒާދު އިސްތިއުފާ ދެއްވައިފި އެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަލީ ބްލިންކެން ވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފ އެވެ.

ޒަލްމާއީ ޚަލީލްޒާދު ވިދާޅުވި ގޮތުގައި އިސްތިއުފާ ދެއްވަން މިއަށް ވުރެ ވަކިން ރަނގަޅު ދަނޑިވަޅެއް ނެތެވެ. އޭނާ ވިދާޅުވީ އެމެރިކާއިން އަފްޣާނާއެކު މުޅިން އާ ސަފުހާއެއް އެއްލާއިރު ސަފީރު ކަމުގައި ހުންނެވުން ބުއްދިވެރި ނޫން ކަމަށެވެ.

ޚަލީލްޒާދު އިސްތިއުފާ ދެއްވުމަށް އެންތަނީ ބްލިންކެންއަށް ފޮނުއްވި ސީޓިގައި ވިދާޅުވެފައިވާ ގޮތުގައި އަފްޣާންގެ ކުރީގެ ރައިސް އަޝްރަފް ޣަނީގެ ސަރުކާރުން ތާލިބާނުންނާއެކު ކުރި މަޝްވަރާތައް ފޭލިވި ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ސަބަބުތައް ބަޔާން ކުރައްވާނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ އަފްޣާންގެ މަޝްރަހު ދެން އެނބުރިގެން ދާނެ ކަމަށް ފެނިވަޑައިގަންނަވަ ގޮތް ވެސް ބަޔާން ކުރައްވާނެ ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި އަފްޣާންގެ ހާލަތު މިހާރު އޮތް ގޮތަށް ބަދަލުވުމަކީ އިއްތިފާގެއް ނޫނެވެ. އެއީ ލިޔެވިފައި އޮތް އެޖެންޑާއެކެވެ. އެނާ ވިދާޅުވީ އަފްޣާނަށް ލިބުނު ފުރުސަތުތައް ބޭނުން ނުހިފުނީ ކީއްވެތޯ ސުވާލު ކުރެވިގެން ނުވާނެ އެވެ.

އަފްޣާންގައި ތާލިބާރުން އިންތިގާލީ ސަރުކާރެއް އެކުލަވާފައި އޮތްއިރު ގައުމުގެ ހާލަތު މާގޯސް ކަމަށް ޚަލީލްޒާދު ވިދާޅުވި އެވެ. ވަކި މޮޅެއްވާނެ ކަމަށް ހާލަތު ބަދަލު ކުރަން އުޅުނު ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ދޯހާ އެއްބަސްވުމެއް 2020 ގައި ގާއިމުކޮށް ތާލިބާނުންނާއެކު މަޝްވަރާ ކުރެއްވުމުގައި ޚަލީލުޒާދު ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެހެން ނަމަވެސް ތާލިބާނުންނަށް މާބޮޑަށް ލުއިދެއްވި ކަމަށް ބުނެ ޚަބަރުތައް ލިޔެވެމުން އެބަދެ އެވެ.