ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް މިހާތަނަށް ކުރި ހޭދަ 1.6 ބިލިއަން ރުފިޔާއަށް ވުރެ މަތިވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް ޕީއެސްއައިޕީ އަށް 1.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަކުރަން ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އެވެ.
މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތައް ސަރުކާރުން އަަމާޒުކޮށްފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްޕީއޭ) ކަނޑައަޅައިގެންނެވެ.
މި އެކްޝަން ޕްލޭން އެކުލަވާލާފައިވަނީ ކޮވިޑް-19ގެ ސަބަބުން އިސްކަންދޭ ކަންތައްތަކެއް ހިމަނައިގެންނެވެ. އެގޮތުން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ފުޅާކޮށް ފެންވަރު މަތިކުރަން ކުރަންޖެހޭ މަސައްކަތްތައް މި އަހަރު ޕީއެސްއައިޕީގައި ހިމަނާނެ އެވެ.
މިދިޔަ އަހަރު ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރުމަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.