ދުނިޔެ

އޮގަސްޓް 31 އަށް ފަހުވެސް އަފްޣާނުން ނުފޭބޭނެ: ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އޮގަސްޓް 31 އަށް ފަހު ވެސް އަފްޣާންގައި ސިފައިން ތިބެން ޖެހިދާނެ ކަމަށެވެ. އެއީ އެގައުމުގައި ތިބި އެމެރިކާ މީހުން މުޅިން ހުސްކުރެވެންދެން ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ އަފްޣާނުން އެމެެރިކާ ސިފައިން ބޭލުމަށް އޮތް އެންމެ ފަހު ތާރިޚަކީ އޮގަސްޓް 31 ކަމަށް ކުރިން ކަނޑައެޅުއްވި ނަމަވެސް، އަފްޣާންގެ ހާލަތު މިހާރު އޮތް ގޮތުން ހުރިހާ ކަމެއް ޚަލާސްކޮށް އެ ތާރީޚަށް ނިންމެން ނެތީ އެވެ.

"އެމެރިކާއިން ކަށަވަރުކުރާނެ އަފްޣާނުން އެމެރިކާ ސިފައިންނާއި އާންމުން މުޅިން ހުސްކުރެވިއްޖެކަން،" ބައިޑަން ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ އެކަކު ދޫކޮށްލާފައި ވެސް އެމެރިކާ ސިފައިން ނުފައިބާނެ ކަމަށެވެ.

އެމެރިކަން ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް ދެއްވި އިންޓަވިއުއެއްގައި ބައިޑަން ވިދާޅުވީ ތާރީހެއް ކަނޑައެޅުއްވީ އެންމެންގެ އެއްބާލުމާއެކު ކަންކަން ހާސިލުކުރަން ކަމަށާއި މިހާލަތުގައި އެގޮތަށް ކަންތައް ވާން ނެތް ކަމަށެވެ. އަދި ވިދާޅުވީ ކަނޑައެޅި ތާރީޚަށް ހުރިހާ ކަމެއް ނުނިމޭނެކަން މިހާރު އެނގިލައްވާ ކަމަށާއި އުއްމީދަކީ އަފްޣާން ރައްޔިތުންނަށް ގައުމު ދޫކޮށްލެއްވުން ކަމަށެވެ.

ބައިޑަން ވިދާޅުވީ އަފްޣާންގައި އަދިވެސް 10،000-15،000 އާ ދެމެދުގެ އަދަދަކަށް އެމެރިކާ މީހުން ތިބި ކަމަށާއި 50،000-65،000 އާ ދެމެދުގެ އަދަދަކަށް ގާތް އެކުވެރި ގައުމުތަކުގެ އޮފިޝަލުންނާއި އާންމުންވެސް ތިބި ކަމަށެވެ.

އެމެރިކާ ބޯޓުތަކުން މީހުން އުފުލަން ކުރާ މަސައްކަތްތަކުގައި އެހީތެރިކަމަށް އެދިއްޖެ ކޮންމެ ގައުމަކަށް އިޖާބަ ދެއްވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު އޮތް ހާލަތުން މަސައްކަތް ނިންމަން ޖެހެނީ އެންމެން ގުޅިގެން އެކުވެރިކަމުގައި ކަމަށެވެ.